ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 240 މީހުން މަރުވެއްޖެއެވެ.

މިއަދަކީ ކޮވިޑް-19 ޖެހިގެން ފްރާންސުން އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ފްރާންސުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1100 އަށް އަރާފައެވެ.

މިއަދު ފްރާންސުން އިތުރު 2448 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން ފައްސިވި މީހުންގެ ޖުމްލަ މިހާރު ވަނީ 22304 އަށް އަރާފައެވެ. މިހާރު ވެސް 2516 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އެބަގެންދެއެވެ. މިހާތަނަށް ފްރާންސުން 3281 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ފްރާންސުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ކޮންޓްރޯލެއް ނެތި މައްޗަށް ދާއިރު އެގައުމު މިހާރު ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ފްރާންސްގެ ސައިންސްވެރިންގެ ކައުންސިލުން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން މިވަގުތު އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ، އަދި ނަތީޖާއެއް ނެރެވޭނެ ފިޔަވަޅަކީ ގައުމު ފުރަބަންދު ކުރުން ކަމަށް ފްރާންސްގެ ރައީސް އަށް ލަފާދީފައެވެ.

ސައިންސްވެރިން ވަނީ ފުރަބަންދު ކުރަން ނިންމި ނިންމުން ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހު ފްރާންސްގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު