ކޮވިޑް-19ޖެހިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި ސްޕެއިން އިން އިތުރު 655 މީހަކު މަރުވެއްޖެއެވެ.

ސްޕެއިންއިން، މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4089 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 8578 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވެފައިވާއިރު، މިއީ އެ ގައުމުން އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަބަޔަކު ފައްސިވި ފުރަތަމަ ފަހަރެވެެ.

އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 56188 އަށް އަރާފައެވެ.

ހަތަރު މަސް ތެރޭގައި ދުނިޔޭގެ 196 ގައުމާއި ހިސާބަތް ފެތުރިފައިވާ މި ވައިރަސް 491,773 މީހަކަށް މިހާރު ވަނީ ޖެހިފައެވެ. މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 22,174 އަށް އަރާފައެވެ.

މިހާރު ދުނިޔޭގެ 198 ގައުމަކުން މި ވައިރަސް ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު