ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އެމެރިކާ އިން ދެލައްކަ މީހުން މަރުވެދާނެ ކަމަށް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރާ އެމެރިކާގެ ޓާސްކްފޯސްގައި ހިމެނޭ އެންމެ އިސް ދެ ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

އެމެރިކާ އިން ދެލައްކަ މީހުން މަރުވެދާނެ ކަމަށް ވިދާޅުވި އެއް ބޭފުޅަކީ އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އެލާޖީ އެންޑް އިންފެކްޝަސް ޑިސިސްގެ ޑިރެކްޓަރ ޑރ.އެންތަނީ ފޯސީއެވެ. ޑރ.އެންތަނީ އަކީ ކޮވިޑް-19 އާއި ގުޅޭ ނިންމުންތައް ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލަފާއަރުވާ އެއްބޭފުޅާއެވެ.

ވައިޓް ހައުސް އިން އެކުލަވާލާފައިވާ ކޮރޯނާވައިރަސް ޓާސްކްފޯސްގެ އެންމެ އިސް ސައިންސްވެރިޔާ ޑރ.ޑެބްރޯ ބިޒް ވަނީ އަށްޑިހަ ހާހާއި ދެލައްކަ އާއި ދެމެދުގެ އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވެދާނެ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާގެ 1.6 މިލިއަން މީހުންނާއި 2.2 މިލިއަން މީހުންނާއި ދެމެދުގެ އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އެބައޮތެވެ.

"މިއީ ހަމައެކަނި ލަފާކުރުންތަކެއް. މިހެން ވެދާނެ ކަމުގެ ޔަގީންކަން އޮތް ވާހަކައެއް ނޫން މިބުނަނީ. މިބުނަނި މިހެން ވުމުގެ ފުރުސަތު އޮތް ވާހަކަ." ޑރ.ޑެބްރޯ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައި އޮތް ގައުމަކީ އެމެރިކާ ކަމަށް ވީނަމަވެސް އެމެރިކާގެ ސިއްހީ ނިޒާމްގައި ދޯހަޅި ކިތަންމެ މައްސަލަތަކެއް އެބަހުއްޓެވެ. އިންޝްއަރެންސް ނެތް ނަމަ ފަރުވާ ކުރުމުގެ ފުރުސަތު ވެސް އެމެރިކާގެ ގިނަ ރައްޔިތުންނަކަށް ނެތެވެ. އެހެންކަމުން ކޮވިޑް-19 ޖެހޭ ކިތަންމެ ބަޔަކު ފަރުވާ އިން މަހްރޫމް ވާނެއެވެ.

އަދި އެމެރިކާ ރައްޔިތުންގެ މާލީ ފުދުންތެރިކަން ހުންނަ ގޮތައް ބަލާއިރު، ކޮންމެ ދުވަހަކު ވަޒީފާ އަށް ނިކުތުން އޮންނަނީ މަޖުބޫރު ކަމަކަށް ވެފައެވެ. އެހެންކަމުން "އާދައިގެ ރޯގާއެއް ޖެހުނަސް، ކޮންމެވެސް ވަރަކަށް ހުން އައިސްފައި ހުއްޓަސް." އެމެރިކާ އިން ވަޒީފާ އަށް ނިކުންނަން މަޖުބޫރު ވެއެވެ. މިއީ ވެސް އެމެރިކާގައި ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އާދީއްތަ ދުވަހު ވެސް 264 މީހަކު މަރުވެފައި ވެއެވެ. މިހާތަނަށް އެމެރިކާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2484 އަށް އަރާފައެވެ. އެމެރިކާ އިން އާދީއްތަ ދުވަހު އިތުރު 18469 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާތަނަށް އެމެރިކާ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 142178 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސޮނިފުހޭ

  އަދިވެސް މޯދީ އަކަށް ތިބައްޔެއް ނުޖިހެ ވަރަށް ދެރަ އެއީ މުސްލިމުންނަށް ކުރިމަތިވެފައޮތް ބަލާ މުސީބާތެއް ފަދަ މީހެއް

  27
  5
 2. ދިވެހިކޮރަކަލި

  ކަލެޔަށް އެވައިރަސް މައެބަ ފޮނުވަން އަން ހިފާބަލަ

  20
 3. މުހައްމަދު

  އެމެރިކާ އިން ދުވާލަކު ކިތައް މުސްލިމުން މެރިބާ.

  18