ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ނުރައްކާތެރި ވައިރަސް، ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އަވަށްޓެރި އިންޑިއާގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމް ކުރުމަށް އެ ގައުމުގެ ރޭލުތަކާއި، ސްޓޭޑިއަމްތައް ބޭނުން ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށަައިފިއެވެ.

އިންޑިއާގައި ވައިރަހަށް ފައްސި (ޕޮސިޓިވް) ވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ސަރުކާރުން ވަނީ އެ ގައުމުގައި ދަތުރުފަތުރަށް އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ރޭލުތަކުގެ އެތެރޭގެ ބައިތައް ބޭނުން ކުރަން ނިންމާފައެވެ.

މިގޮތުން ޖުމްލަ 20،000 ރޭލުގެ ބައިތައް އައިސޮލޭޝަން ފެސިލިޓީތަކަށް ހެދުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ފަށާފައިވާއިރު، މި ތަންތަނުގައި ޖުމްލަ 320،000 މީހުންނަށް ފަރުވާ ދެވޭނެކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ދުނިޔޭގެ އެހެން ގައުމުތައް ނަމޫނާ އަކަށް ބަލައި އިންޑިއާ އިން ވަނީ އެ ގައުމުގައި ހުރި ބޮޑެތި ސްޓޭޑިއަމްތައްވެސް ވައިރަހަސް ޝައްކުވާ މީހުން ކަރަންޓީނު ކުރުމަށާއި ފަރުވާ ދިނުމަށް ބޭނުންކުރަން ނިންމާފައެވެ.

މިދިޔަ ހަފްތާ އިން ފެށިގެން އިންޑިއާ އޮތީ ފުރަބަންދު (ލޮކްޑައުން) އެއްގައި ކަމުގައިވާއިރު، ދުނިޔޭގެ ތާރީޙުގައިވެސް އެންމެ ބޮޑު މި ފުރަބަންދު މި މަހުގެ 15 އާއި ހަމައަށް ދިގުލައިގެން ދާނެއެވެ.

ގިނަ ދިވެހިން ތަކެއްވެސް ދިރިއުޅޭ އިންޑިއާގައި މިހައިތަނަށް ޖުމްލަ 2،032 މީހެއްގެ ގައިން ބަލި ފެނިފައިވާއިރު އޭގެ ޝިކާރަ އަކަށްވެ 58 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު