ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގްތިސާދުގެ ދުވެލި ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގްތިސާދު އޮންނަ އަވަށްޓެރި އިންޑިއާ އަށް ދުވާލެއްގެ މައްޗައް 4 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ކުރަމުން ގެންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19 ވަައިރަސް އިންޑިއާގައި ފެތުރުން ހުއްޓުވުމުގެ ގޮތުން މި މަހުގެ 15ގެ ނިޔަލަށް އިންޑިއާ ލޮކްޑައުން ކުރުމުގެ ސަބަބުން ދުވާލެއްގެ މައްޗައް 4 ބިލިއަން ޑޮލަރުގެ ގެއްލުން ވަމުން އަންނަ ކަމަށާއި، އަދި އެ ގައުމުގެ ޖީޑީޕީ އަށް ޖުމްލަ 98 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެކަމަށް މިފަދަ ދިރާސާތައް އެ ގައުމުގައި ފުޅާ ދާއިރާ އެއްގައި ކުރާ ކުންފުންޏަކުން ވަނީ ހާމަކޮށްފައެވެ.

އެކިއުޓް ރޭޓިންގ އެންޑް ރިސާޗުން ބުނެފައި ވަނީ ލޮލްޑައުންގެ ސަބަބުން އެންމެ ބޮޑު ގެއްލުންތަކެއް ވަމުންދަނީ ދަތުރުފަތުރާއި، ހޮޓެލް ރެސްޓޯރެންޓުތަކުގެ އިތުރުން ރިއަލް އެސްޓޭޓުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި މި ދުވަސްވަރު އެންމެ ބޮޑު ފައިދާ އެއް ވަމުން ދަނީ ކޮމިއުނިކޭޝަންގެ ޙިދުމަތްދޭ ފަރާތްތަކާއި ބްރޯޑްކާސްޓު ކުރާ ފަރާތްތަކުގެ އިތުރުން ސިއްޙީ ޙިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތްތަކަށެވެ.

ނަމަވެސް، އެ ގައުމުގެ އިގްތިސާދުގެ ބޮޑު ބައެއް ހިއްސާވާ ފަރާތްތަކަށް ގެއްލުންވަމުން އަންނާތީ މިކަމުގެ ސީދާ އަސަރު ކުރިއަށް ހުރި މަސްތަކުގައިވެސް އިންޑިއާ އަށް ކުރާނެއެވެ. އިންޑިއާ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ 10 އިގްތިސާދު އޮންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    އެކަމަކުވެސް ހެވެއްނު! ރާއްޖެއަށް އަޝްކަރީން ފޮނުވަންވީމާ ހީވަނީ އެހެންކަމެއްވެގެން އުޅޭހެން!

    27
    3
  2. ކާފަބޭ2020

    ލޮބުވެތި އަޚުންނާ އުޚްތުންނަށް ހަމަހިލޭސާބަހަށް ބަޔަކަށް އެހީދެވޭނީކިހިނެ އްތޯ؟ އެޖެންޑާ އެ އްނެތްނަމަ ފުރަތަމަ އަމި އްލަބަރަހަނާ ނިވާކޮށްފަނޫންތޯ ދެން ތިބިމީހުންގެބަރަހަނާނިވާކުރަން އުޅޭނީ!!!!!!!!

    12
    2
    • ރަނގަޅުވާހަކަ

      ކޮންމެވެސް މަގުސަދެއް ތިކަމުގައި އޮންނާނެ ވިސްނޭ ބަޔަކަށް އެނގޭނެ ގުރުއާން ގައި ވެސް އޮންނާނެ އިސްރާއީލާ ކްރިސްޓިއަނުން އަދި އެހެންދީންތަކުގެ ކާފަރުން މުސްލިމުންނަށް ހެޔޮނޭދޭނެކަން...ގުރުއާން ގައި އޮންނަ އެއްޗަކަށް ކޮންބަހުސްއެއް ބަޔަކުކުރާނީ މޮޔައިންފިޔަވާ

      • މޯލްޑިވިޔަން

        މުސްލިމުން އެހެން މީހުން ނަށް ހެޔޯ އެދޭތޯ

    • މޯދީ

      އެޖެންޑާ އެނގޭ. ކީއްކުރާނީ. ކަނޑުގެ ސަރަހައްދު ވިއްކައިފި. އައްޑު އަތޮޅުގައި ވަރުގަދަ މިލިޓަރީ ބޭހެއް އަޅާ ނިން މަނީ. އިންޑިޔާގެ އަޅުވެތިކަ މަށް ގޮސް ނި މެނީ

  3. އަހުސަން

    ޑ.ރ.ޒާކިރުނައިކް ގެ ސަބަބުން އިންޑިއާގެ އެތެއް ބަޔަކު ދަނީ މުސްލިމުވަމުން އެހެންވެގެން ދުރާލާ ރާވައިގެން ޑޮކްޓަރ ޓެރަރިސްޓަކަށް ހެދީވެސް...ދެންތިބޭ އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް ކީއްވެ އެހީނުދެނީ؟ ސައްދާމް ގައްދާފީ މުރުސީ. އުރުދުގާންމެންނަށް؟ ކޮންމެވެސް ބޭނުމެއް އޮވެގެންނޫނީ ކާފަރުން މުސްލިމުންނަކަށް އެހީނުދޭނެ.

  4. ރާއްޖެތެރެ

    ރާއްޖެެއަ މިމީހުންގެ އުދަގޫ ވަރައްބޮޑަ ކުރޭ. ރާއްޖެ ދަރުވަލަން އަބަދުވެސް އުޅެނީ.