ކޮވިޑް-19 ޖެހިގެން ސްރީލަންކާ އިން މަރުވި ދެމުސްލިމަކު ވަޅުލާން ފުރުސަތު ނުދީ ލަންކާ ސަރުކާރުން އެމީހުންގެ ހަށިތައް އަންދާލައިފި ކަމަށް އެމީހުންގެ އާއިލާތަކުން ބުނެފިއެވެ.

އަންދާލި ދެމީހުންގެ ތެރެއިން އެކަކީ އުމުރުން 73 އަހަރުގެ ބިޝާރުލް ހަފީ މުހައްމަދުއެވެ. އޭނާގެ ދަރިފުޅު ފަޔާޒް ޔޫނުސް މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ކިޑްނީގެ ބަލި މީހެއް ކަމަށްވާ ބައްޕަ އަށް ކޮވިޑް-19 ޖެހުނީ ދެހަފްތާ ދުވަސް ކުރިން ކަމަށާއި ބައްޕަ މަރުވީ އޭޕްރީލް 01 ވަނަ ދުވަހު އެވެ. ލަންކާ ސަރުކާރުން ވަނީ ހަމަ އެދުވަހު ފަޔާޒްގެ ބައްޕަގެ ހަށިގަނޑު އަންދާލާފައެވެ.

"ބައްޕަ މަރުވުމުން ޖަނާޒާ ކުރިއަށް ގެންދަން އާއިލާ އިން އެދުމުން ފުރުސަތެއް ނުދިން. މޯޗަރީގެ ބޭރުގައި ކަށުނަމާދު ކޮށް ނިމުނުއިރަށް ފުލުހުންގެ ވެހިކަލަކަށް ބައްޕަގެ ހަށިގަނޑު އަރައިވައިގެން ގެންގޮސް ވަނީ އަންދާލާފައި." ފަޔާޒް ބުންޏެވެ.

އޭނާ ބުނީ ހަށިގަނޑު އާއިލާ އާއި ހަވާލުކުރިނަމަ ރައްކާތެރިކަމާއި އެކު މައްޔިތާ ވަޅުލުމުގެ ކަންކަން އާއިލާ އަށް ކުރެވޭނެ ކަމަށެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓްރީން ފުރަތަމަ އިއުލާން ކުރި ކޮވިޑް-19 ގައިޑްލައިން ބުނާ ގޮތުން ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ވަޅުލުމުގެ ފުރުސަތު ދެވޭނެއެވެ. ނަމަވެސް އެ ގައިޑްލައިން ބަދަލުކޮށް އަންގާރަ ދުވަހު އިއުލާން ކޮށްފައި ވަނީ ލަންކާ އިން ކޮވިޑް-19 ޖެހޭ ހުރިހާ އެންމެންގެ ހަށިތައް ވެސް އަންދާލާނީ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިތައް ވަޅުލުމުގެ ފުރުސަތު ދޭން ޖެހޭނެއެވެ. ނަމަވެސް ބައެއް ގައުމުތަކުން ކޮވިޑް-19 ޖެހޭ މީހުންގެ ހަށިތައް އަންދާލީތީ ޑަބްލިއުއެޗްއޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ ކޮވިޑް-19 ޖެހޭ މުސްލިމުންގެ ހަށިތައް ބައެއް ގައުމުތަކުން އަންދާލާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެކަން އެގޮތައް ނުކުރުމަށް ގޮވާލާފައެވެ.

ކޮވިޑް-19 ޖެހޭ މުސްލިމުންގެ ހަށިތައް އަންދާލުމަކީ މުސްލިމުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާއެއް ކަމަށް ބުނެ ވަރަށް ގިނަ މުސްލިމުން ގެންދަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޖުލައި

  ލާދީނީ އަންނި މެން ބޭނުންވާނީ މުސްލިމުން ނިކަމެތިވާން

  67
  18
 2. ޢަބްދުއްލަޠީފު

  ތައް މައިތިރިވާވަރުގެ ވައިރަހެއް ﷲ ދުނިޔެއަށް ފޮނުއްވާފާނެކަމަށް ހަމަ ހީވެސް ނުވަނީދޯ؟ އަނިޔާ ލިބޭ މުސްލިމުންގެ ދުޢާ ﷲ އިޖާބަ ކުރައްވާނެ.

  85
  3
 3. ހހހހ

  އަލިފާނަށް އިންސާނުންލަނީނަމަ އިތުރު މުސީބާތްތައް އިންސާނުންނަށް ޖެހެން ފަށާފާނެ. ﷲ ތަޢާލާ ރުހިވޮޑިގެން ނުވާކަމެއް އަދަބެއްގެ ގޮތުންވެސް އަލިފާނުން އަދަބި ދިނުމަކީ. އިންސާނުން ގަބޫލުކުރިއަސް ނުކުރިއަށް މި ބައްޔަކީޗެސް އިންސާނުންގެ ނުބައިކަމުން ފޮނުއްވި ބައްޔަކަށްވާނީ

  92
  2
 4. އާދަމް

  ވަރަށް ދެރަ މައްސަލައެއް

  72
  4
 5. އެދުރު

  ތީ ވަރަށް ލާއިންސާނީ ޢަމަލެއް ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މައްޔިތާގެ ޖަނާޒާގެ ހުރިހާކަމެއްވެސް ކުރެވޭނެ. ފުރާނަ ދިޔަޔަސް އިންސާނާގެ ހަށިގަނޑަކީ ޙުރުމަތްތެރިވެގެން އެއްޗެއް. ދިވެހިރާއްޖޭގައި މިފަދަ ކަމެއް ނުކުރާނެކަމަށް އުންމީދުކުރަން

  91
  2
 6. ޑަރޭ

  ހިތާ މަހުރި...... މިމ ފަރާތްތަކަށް ސުވަރުގެ ދެއްވާށި އަދި އާއިލާ ތަކަށް ކެތްތެރިކަން ދެއްވާށި

  83
  1
 7. ާަަ ސީރަ

  ތަނަކުން ކަމެއް ވާ އިރަށް އަންނީ އޭ ކިޔަން ފަށާނެ..މިއީ ކިހާ ދެރަ ކަމެއް...އަދިވެސް މައިތިރި ނުވާތީ ހިތާމަކުރަން

  22
  44
 8. ފަރަންޖީ

  ކިތަމެ ބޮޑު ކޯފާއެއް ކުރިމަތިވިޔަށް ފަރަންޖީނެއް މުސްލިމުން އެންދު މެއް ނުހުއްޓާނެ!

  28
  2
 9. ކޮރުޖިންނި

  ލާދީނީ ބައިގަނޑު މި ގައުމުގަ މީހަކު އަންދާލަން ހިތައްވެސް ނާރުވާތި

  34
  2
 10. ކެހެނިޔާ

  އަހަރެން މިއުޅެނީ ވިސްނާ ވިސްނާ ނޭނގިގެން ކޮވިޑް ޖެހިގެން މަރުވެފައި އޮންނަ މީހެއްގެ ގައިން ވައިރަސް އަރަންވީ ސަބަބެއް... އިންފުލުއެންޒާ ޖެހިގެން މަރުވާ މީހުންގެ ގައިން އެ ނާރާތަ؟ ނޭވާލާ ނިޒާމުން ޖެހޭ އެއްޗެއް މަރުވީމައަރަންވީ ކީއްވެ؟ މަރުވެފައި އޮންނަ މީހެއްްގެ ނޭފަތަށް އަތްކޮށްޕާ އަނގަޔަށް އަތްބާނާ ސާފުކުރާކަމެއް އަދި އެނގިފަވެސް ނެތް.. އަންގިލައްވައިގެން ނޫންތަ އެސާފުކުރިޔަސް ކުރަނީ؟މަށަށް ތިހެންވިއްޔާ މާ ނުރައްކާ ތިޔަ ބަލި ޖެހޭ މީހުނަށް ފަރުވާ ކުރުން. ބަލިޖެހޭ އިރަށް ވަޅުލަންވީނު މާތްކަލާކޯ އެނގޭ އާދަމުގެ ދަރިއެއް ހުރިއްޔާ ކިޔާދީބަލަ..

  33
  4
  • ގަމާރު

   ނުވިސްނެނީ ކަލޭގެ ގަމާރުކަމުން

   • ކެހެނިޔާ

    ކަލޭ ވިސްނޭ މީހާ ވިސްނެންދެން ކިޔާދޭންވީނު. މަ ގަމާރަސް ނޭނގޭތީ އަހާފަ އެއޮތީ!

 11. ރިސޯޓް ބޯއީގެ އޫރު ކަފަ

  އަސްލު ހަގީގަތަކީ ބުދައް އަޅުކަން ކުރާ މީހުން ދަނޑި ވަޅުގެ ނާޖާއިޒް ފައިދާ ނަގަނީ ބުދަށް އަޅުކަން ކުރާ މީހުން އެމީހުންގެ މައްޔިތުން އަންދަން ޖެހޭ ގޮތަށް އެމީހުންގެ ދީނުގައި އޮންނާތީ މުސްލިމުންނާ ހަސަދަ ލައިގެން ބާރުގެ ބޭނުންކުރަނީ އެކަމަކު އެއަދަންދާލެވޭ މުސްލިމް މީހާގެ ފުރާނަ ޖަންނަތުގައި އުދުހިލަ އުދުހިލާ އުޅުމަކީވެސް ވެދާނެ ގޮތެއް . ޝިރުކު ފިޔަވާ ދެންހުރި ފާފަ ތަކަކީ ﷲގެ ދީލަތި މާފު ލިބިދާ ނެ ކަންތައް އިރާދަ ކުރައްވާ މީހަކަށް ދަރުމަ ދެއްވާ ރަހްމަތް ލައްވާނެ

 12. ޓައްޕު

  ސޫރަތުލް ބުރޫޖް ގައި އެވަނީ ﷲއަށް އީމާންވި ހެޔޮލަފާ ބަޔަކު ދިރިތިއްބާ އަންދާ ލެވުނު ވާހަކަ އަދި ކާފަރުން އެކަމާ އުފާ ކޮށް ހީ މަޖާ ކުރިވާހަކަ އަދި ބަނީއިސްރާއިލް ބާގައިގެ ހެޔޮ ލަފާ އަންހެނަކާ އޭނަގެ ތުއްތު ދަރިން ތައްވެސް ފިރުއައުނު އަންދާލި . އިބްރާހިމް އަލައިހިއްސަލާމް ވެސް އަލިފާނަށް ލެވުނު އެއީ ތާރިހުގައި ކާފަރުން މުސްލިމުންނަށް ކަންތައްކުރަމުން އަންނަ ގޮތް ކާފަރުންގެ ސަގާފަތް . ﷲ ގެ ރަހުމަތާ އޯގާ ވަންތަ ކަމުން ކުށްފާފަ ތައް އަނދާ ގެން ގޮސް މިހާ ސާފު ތޯހިރުވެ އޭނަގެ ފުރާނަ ޖަންނަތުލް ފިރުދައުސަށް އުފުއްލަވަންވެސް ﷲ ކުޅަދުންވަންތަ . ﷲއީ ޣަފޫރުއްރަހީމް

 13. އަލްޖިބްރާ

  މިހާރު ލަންކާ މީހުންނަކީވެސް މުސްލިމުންނަށް އެއްގޮތަކަށްވެސް ރައްކާތެރިކަން ދޭ ބައެއްނޫން ! ހަމަ ޖާހިލުކަން ބޮޑީ ! މުސްލިމުން އެންދުމަކީ ﷲގެ ކޯފާއަށް ހުށައެޅިގަތުން ! އަނެއް ފަހަރު ﷲގެ ކޯފާއެއް ދުނިޔެމައްޗައް ނުފޮނުއްވަނީސް މިމީހުންނަށް ހެޔޮ ވިސްނުމެއް ލިބޭނެފަދަ ނަސޭހަތެއް ދޭނެ ބަޔަކު ފެނޭތޯބަލަންވެއްޖެ !