ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19ގެ ސަބަބުން އިކުއާޑޯއަށް ނާމާން ދުވަސްވަރެއް މިހާރު ވަނީ އައިސްފައެވެ. އެގޮތުން އެގައުމުގެ ސިޓީއެއް ކަމަށްވާ ގުއަޔަޖިލްގައި ބަލި ޖެހިގެން މަރުވެފައިވާ މީހުންގެ މަސްގަނޑު އެކި ދިމަ ދިމާލުން ފެންނަން ފަށައިފިއެވެ.

ގުއަޔަޖިލް އަކީ އެގައުމުގެ ވެރިރަށް ކީޓޯގެ 200 މޭލު ދެކުނުން އޮންނަ، 3 މިލިއަން މީހުންގެ އާބާދީއަކާއި ކައިރިކުރާ ވަރަށް މީހުން ދިރިއުޅެމުން އަންނަ ސިޓީއެކެވެ.

ކޮވިޑް-19 ގެ އަސަރު އެންމެ ގަދަޔަށް އެ ސިޓީއަށް ކޮށްގެން ހޮސްޕިޓަލްތަކާއި މޯޗަރީތައް ވަނީ މަރުވެފައިވާ މީހުންގެ ހަށިގަނޑުން ފުރިފައެވެ. ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގިނަ މީހުން ގެންދެވޭއިރު، އެންމެ އެދެވޭ ފަރުވާއެއް ނުލިބި ގިނަ ބަޔަކު ވަނީ އެގައުމުން މަރުވެގެން ގޮސްފައެވެ.

އެގައުމުގެ މަގުތަކާއި ގޭގޭގައި ގިނަ އަދަދެއްގެ މީހުން މަރުވެ ކުނިވެފައިވާތީ، ބޭން އިކުއާޑޯގެ ޗެއާމަން ޖޯޖް ވޭޓެޑް ވަނީ މީހުން މަރުވެފައިވާ ގެތަކުގެ މީހުން ބޭރަށް ނުދިއުމަށާއި އެމީހުންނަށް އެހީތެރިވުމަށް ގޮވާލާފައެވެ. އަދި އޭނާ ވަނީ ފުލުހުންނާއި ސިފައިންނަށް އެގައުމުގެ މަގުމަތީގައި އެ ބަލީގެ ޝިކާރައަކަށް ވެގެން މަރުވެ ކުނިވެފައިވާ މީހުންގެ ހަށީގަނޑުތައް ނެގުމަށް ގޮވާލާފައެވެ.

ކޮވިޑް-19 ޖެހިގެން އެގައުމުގެ އާއިލާތަކުގެ މީހުން މަގުމައްޗަށާއި ގޭގެއަށް މަރުވަމުން އަންނައިރު އެގައުމުގެ ކަމާއިބެހޭ އިދާރާތަކުގެ މީހުން ތިބީ ކުރާނެ ކަމެއް ނެތި ގޮތް ހުސްވެފައެވެ. އެގައުމުގެ ބައެއް މީހުން ވަނީ ޓްވިޓާ މެދުވެރިކޮށް އެމީހުންގެ އިހުސާސްތައް ކިޔައިދީފައެވެ.

އެގޮތުން މީހަކު ޓްވިޓާގައި ޖޯޖްގެ ނަން ހާމަކޮށް ބުނެފައިވަނީ މީގެ 3 ދުވަސް ކުރިން އެގެއަށް މަރުވީ މީހާ އަދިވެސް އެގޭގައި އެބަ އޮތް ކަމަށާއި އޭނާ ނަގަން އަދި މީހަކު ނާންނަ ކަމަށެވެ.

"އެ ހަށިގަނޑު މިހާރު ކުނިވާން ފަށައިފި. އަދިވެސް އަޅާލާނެ މީހަކު މިގެޔާއި ހަމައަށް ނާދޭ" އޭނާ ބުނެފައިވެއެވެ.

ކޮވިޑް-19 ޖެހިގެން އެގައުމުން މިހާތަނަށް 3،368 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން މި ބަލި ޖެހިގެން 145 މީހަކު ވަނީ މަރުވެފައެވެ. އަދި 100 މީހުންނަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟަންދު

    ،ސުބުހްނަﷲ. ޔާ ﷲއަޅަމެން މިވަބާއިން ސަލާމަތް ކުރައްވާށި... އާމީން..
    ރޯދަމަސް ފެށުމުގެ ކުރިން މި ވައިރަސް ކޮންޓްރޯލް ކޮއްދެއްވާފަންދޭވެ..... އާމީން...

    103
    1