ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހިގެން ސީރިއަސް ހާލަތުގައި ތިބި މީހުންގެ އަދަދު ބައި ލައްކައާ ގާތަށް ޖެހިލައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1.2 މިލިއަނަށް އަރައިފައެވެ. މި ބަލި ޖެހިގެން މިހާތަނަށް 65,600 މީހުން މަރުވެފައިވާ އިރު، ބަލިން ރަނގަޅުވެފައި ވަނީ 253,597 މީހުންނެވެ. ދުނިޔޭގެ 205 އަށް ވުރެ ގިނަ ގައުމުން ކޮވިޑް-19 ވަނީ ފެނިފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ބަލި ޖެހިގެން މިހާރު އެކިކަންކޮޅުތަކުގައި ފަރުވާދެނީ 893,995 މީހުންނަށެވެ. އޭގެތެރެއިން 44,623 މީހުންގެ ހާލު ވަރަށް ސީރިއަސްއެވެ. ބާކީ ތިބި 849,372 މީހުންގެ ހާލު އެހާ ގޯސް ނޫން ކަމަށްވެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ގިނަ އިން ފެނުނު ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، ސްޕެއިން އާއި އިޓަލީއެވެ. އެ ތިން ގައުމުން އެކަނި ވެސް ފަސް ލައްކަ އަށް ވުރެ ގިނަ މީހުންގެ ގައިން ބަލި ފެނުނު އިރު، އެ ބަލީގައި އެ ތިން ގައުމުން އެކަނި ވެސް 30،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އެމެރިކާ އަށް ބަލާ އިރު، 311,637 މީހެއްގެ ގައިން ބަލި ފެނުނު އިރު، އެ ބަލީގައި އެ ގައުމުން މަރުވެފައި ވަނީ 8,454 މީހުންނެވެ. ސްޕެއިން އިން 130,759 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހިގެން މިހާތަނަށް 12,418 މީހުން ވަނީ މަރުވެފައެވެ.

އިޓަލީން 124,632 މީހެއްގެ ގައިން ބަލި ފެނުނު އިރު، މި ބަލި ޖެހިގެން އެ ގައުމުން 15,362 މީހުން ވަނީ މަރުވެފައެެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވީ ވެސް އިޓަލީންނެވެ.

ޗައިނާގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފެނުނު ނުރައްކާތެރި މި ބައްޔަށް އަދި މިހާތަނަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު