މިސްރުގެ ބިލިއަނަރަކު ރެފިއުޖީންނަށް އެހީވުމަށް ޓަކައި އެމީހުންނަށް ހާއްސަ ރަށެއް ގަންނަން ނިންމައިފިއެވެ.

މިސްރުގެ ނަޖީބް ސަވަރިސް ރެފިއުޖީންނަށް ރަށެއް ގަނެދޭން ނިންމިކަން އިއުލާންކޮށްފައިވަނީ އޭނާގެ ރަސްމީ ޓްވިޓަރ އެކައުންޓުގައި ކޮށްފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ އިޓަލީ އަދި ގްރީސް އިން ރަށެއް ވިއްކުމަށް ގޮވާލާކަމަށެވެ. އަދި އެ ރަށުގައި ރެފިއުޖީންނަށް ތިބެވޭނެ ކަމަށާއި އޭރުން އެ ރަށުގައި މީހުން އާބާދުވެ މުސްތަގުބަލުގައި އެއީ އިޤްތިސާދަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި ރަށެއް ގަންނަ ވާހަކަ ދެއްކީމައި އެއީ މޮޔަ ކަމެކޭވެސް ބައެއް މީހުން ހީކޮށްފާނެ ކަމަށްވެސް އެ ޓްވީޓްގައި ވެއެވެ.

ރަށެއް ގަންނަން ޝައުގުވެރިކަން ފާޅުކުރުމުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ނަޖީބު ބުނީ ރަށެއް ގަތުމަކީ އުދަނގޫ ކަމެއް ނޫން ކަމަށާއި އެއްވެސް ބޭނުމެއް ނެތް އެތަކެއް ރަށެއް އިޓަލީ އާއި ގްރީސްގެ ކައިރީގައި އެބައޮތް ކަމަށެވެ. އަދި އެތަންތަން އެގޮތުގައި ބޭއްވުމަށް ވުރެއް އެތަންތާގައި ރެފިއުޖީންނަށް އުޅެވޭނެ ގޮތް ހެދުމުން އެއީ އިންސާނިއްޔަތަށް ވެސް ވެދެވޭނެ ވަރަށް ބޮޑު އެހީއެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ނަޖީބްގެ މިލްކިއްޔާތުގައި މިހާރު 2.9 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. އޭނާއަކީ އެފްރިކާއާއި އުތުރުގެ ބައެއް ގައުމުތަކަށް މޯބައިލް ނެޓްވޯކް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފި އޮރާސްކޮމް ޓީ.އެމް.ޓީ ގެ ވެރިޔާ ވެސް މެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަށު މީހާ

  ތިޔައީ ވަރަށް ރަގަޅު ވިސްނުމެއް. ވެގެންވަންޏާ އަޅުގަނޑުވެސް ތިޔަކަން ކުރީމުސް.

  • ގާރލް 7

   އަސްލުވެސް ދޯވް ރަށުމީހާ،،، ނަޖީބްއަށް ހެޔޮރަޙްމަތް ލައްވާށި... އަހަރުމެންނަކީ ވެސް އެފަދަ ބިލިއަނަރުން ނަމަ ހާލުގައި ޖެހިފައި ތިބި ރެފިއުޖީންނަށް އެފަދަ ކަމެއް ކޮށްދޭނަން އިންޝާﷲ...

 2. ާަަުިެނުރަބޯ

  ކީއްވެ އިޓަލީން؟ ސައުދީން ދޭންވީނު.

 3. ާަަުިެޕޮކަންޑިމޭން

  ބޭކާރުކަމެއް