ކޮވިޑް-19 ޖެހިގެން މީގެ ކުރިން އެއްދުވަސް ތެރޭގައި މީހުން މަރުނުވާ އަދަދަކަށް މިއަދު މިހާތަނަށް މީހުން މަރުވެއްޖެއެވެ.

ތަފާސް ހިސާބަށް ބަލާއިރު 63 ގައުމަކުން 6543 މިއަދު މިހާތަނަށް މަރުވެއްޖެއެވެ. ގިނަ ގައުމުތަކުން އަދި މިއަދު މަރުވި މީހުންގެ ހުރިހާ އަދަދުތައް ސާފުނުވާތީ މިއަދު މަރުވި މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވީ އޭޕްރީލް 02 ވަނަ ދުވަހު އެވެ. އެދުވަހު 5979 މީހުން މަރުވިއެވެ.

މިއަދު މިހާތަނަށް 121 ގައުމަކުން 66352 މީހަކު ވަނީ ފައްސި (ޕޮޒިޓިވް) ވެސް ވެފައެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,412,378 އަށް އަރާފައެވެ. މިހާތަނަށް އޭގެ ތެރެއިން 81,099 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު