ގްރީންލޭންޑުން ކޮވިޑް-19 ޖެހުނު އެންމެން ބަލިން ރަނގަޅުވެއްޖެއެވެ.

މިއީ މިހާތަނަށް މުޅި ދުނިޔެއިންވެސް މި ބަލި ޖެހުނު އެންމެން ރަނގަޅުވި ފުރަތަަމަ ގައުމެވެ. މީގެ ކުރިން ސްރީލަންކާ އާއި ނޭޕާލުން ބަލިން ޖެހުނު އެންމެން ބަލިން ރަނގަޅުވެފައި ވަނިކޮށް، އެގައުމުތަކުން ވަނީ އިތުރު މީހުން ފައްސިވެފައެވެ.

ގްރީންލޭންޑުން ކޮވިޑް-19 ޖެހިފައިވަނީ 11 މީހުންނަށެވެ. އެއީ މިދިޔަ މާރިޗް މަހުގެ 18 ވަނަ ދުވަހު އެކަކު، މާރިޗް 22 ވަނަ ދުވަހު 2 މީހުން، މާރިން 24 އަދި 25 ގައިވެސް އެކަކަށެވެ. އަދި މާރިޗް 27 ވަނަ ދުވަހު 4 މީހުންނާއި، އޭޕްރިލް 3 ވަނަ ދުވަހު އެކަކު މި ބައްޔަށް ފައްސިވެފައިވެއެވެ.

ބައި ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ގްރީންލޭންޑަކީ އުތުރު އެމެރިކާ އާއި ޔޫރަޕް ގުޅޭ ހިސާބުގައި އޮންނަ އުތުރު އެމެރިކާ އަށް ނިސްބަތްވާ ގައުމެކެވެ.

ގްރީންލޭންޑްގެ އޮފިޝަލުން ވިދާޅުވީ އެގައުމުން ކޮވިޑް-19 ޖެހުނު އެންމެން ރަނގަޅު ވެފައި ވީނަމަވެސް އަދިވެސް ބަލި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންކަމުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނޭގެ މަށަކަށް

  މަހީ ކުރީ ގްރީންލޭންޑް ކިޔާ ގެއެއްގެ ބަޔަ ކަށް އެބަލިޖެހިގެން ރަގަޅުވީ ކަމަށް. ނޭގޭ ނެނު

  2
  8
  • ހަސަނު

   ބުރޯ ތިއުޅެނީ ތަންކޮޅެއް ފަހަތުގައެއްނު

 2. ޖިއޮގްރަފީ

  ގްރީންލޭންޑް ނިސްބަތް ވަނީ ޔޫރަޕަށް