ކޮވިޑް-19 އާއި ގުޅިގެން ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތު ބަދަލުވެ، ކުރިން އޮތް އާއްމު ހާލަތައް އަލުން ރުޖޫއަ ވާނީ 2021 ވަނަ އަހަރުގެ ފަހުކޮޅު ކަމަށް އެމެރިކާގެ ތަޖުރިބާކާރަކު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޕެންސިލްވޭނިއާ މެޑިކަލް ސްކޫލްގެ ޕްރޮފެސަރެއް ކަމަށްވާ ޑރ.އެޒެކިއެލް އެމަނުއެލް ވިދާޅުވީ ދުނިޔެއަށް މިހާރު ކުރިމަތިވެފައި މިއޮތް ހާލަތުން އަރައި ގަނެވޭނީ ކޮވިޑްް-19 އަށް ވެކްސިނެއް އުފެއްދި، އެވެކްސިން ބޭނުން ކުރަން ފެށިގެން ކަމަށެވެ. ވެކްސިނެއް އެންމެ އަވަހަށް ވެސް ބޭނުން ކުރެވޭ ވަރު ވާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ލަފާ ކުރެވެއެވެ.

"އީސްޓާ (އޭޕްރީލް 12) އާއި ހަމައަށް އާއްމު ހާލަތަކަށް ބަދަލު ވާނެ ކަމަށް ވައިޓް ހައުސް އިން ބުނި ނަމަވެސް އެކަމެއް ނުވާނެ. ފުޓްބޯޅަ ސީޒަން ސެޕްޓެމްބަރ މަހު ފެށޭނެ ކަމަށް ބުނި ނަމަވެސް އެއީ ވެސް ވެދާނެ ކަމެއް ކަމަކަށް ލަފައެއް ނުކުރެވޭ." އެމަނުއެލް ވިދާޅުވިއެވެ.

އެމަނުއެލް އަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެކުލަވާލި ސިއްހީ އިންޝްއަރެންސްގެ ޤާނޫނު "އޮބާމާކެއާ" ޑިޒައިން ކުރުމުގައި އިސް ދައުރެއް އަދާކުރި ބޭފުޅެކެވެ. ނަމަވެސް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އައިސް ވަނީ އެ ޤާނޫނު އުވާލާފައެވެ.

އެމަނުއެލް ވިދާޅުވީ އޭޕްރީލް މަސް ނިމޭއިރު ވެސް އިޤުތިޞާދީ މަސައްކަތްތައް ފަށައި ނުގަނެވޭނެ ކަމަށެވެ. "މިއީ 18 ވަރަކަށް މަސް ދުވަހަށް ދެމިގެން ދާނެ ކަމެއް. ހާއްސަކޮށް ކުދި ވިޔަފާރިތަކުން އެބަޖެހޭ 18 މަސް ދުވަހަށް ޕްލޭންތައް ތައްޔާރު ކުރަން. އަށެއްކަ ހަފްތާއަށް ޕްލޭންތައް ކޮށްގެން ކަންތައްތައް މާބޮޑަށް ގޯސްވެދާނެ." އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ސަލާމަތް ވުމަށް ގިނަ ގައުމުތައް ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮތުމުން މުޅި ދުނިޔޭގެ އިޤުތިޞާދު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޏދނދ

  ތެދުފުޅެއް ވެކްސިނެއް ނުނި ރަގަނޅު ފަރުވައެއް ނެތިސް މިބަލިން އަރައިނުގަނެވެނެ

  18
  1
 2. ނަގޫރޯޅި

  އަހަރުމެން ގަބޫލް ކުރާނީ ކިނބޫ ބުނާވާހަކަ. ކިނބޫބުނީ މިއަހަރުގެ ފަހުކޮޅޯ މިއަންނަ އަހަރުގެ ކުރީކޮޅު ގައުމުގެ އިގްތިސޯދޯ ބޫންވާނެޔޯ. ބޫން ވަމުން ވަމުންގޮސް ކެތްނުވެގެން ފަަޅައިގެންނުގޮއްސިޔާ ސުކުރް

  26
  7
 3. ރަސީދު

  ސޯލިހު ބުނީ 2020 ނިމޭއިރު ބޫން ނެއް އައް ނާނޭ ސޯލިހުގެ ހިޔާލެއް އެމެރިކާގެ އިގުތިސޯދީ މާހިރުން ވެސް ރަގަޅު ހޯދުން އަދިވެސް މިއުޅެނީ 100 ދުވަސް ގުނި ގޮތް ނޭނގިގެން

  4
  3
 4. ޒަމީރު

  ކަލޭމެނާ ހުރެ ހުރިހާ ވަބާއެއް ޖެހޭނީ. އިސްވެ ދިޔަ އުއްމަތެއް ހަލާކު ވާން ކުރިމަތި ފާފަ އެއް ވެއްޖިއްޔާ މިހާރު މި ބިން މަތީގައި އެބައޮތް. އަދިވެސް ޒިނޭއާ އެއް ޖިންސުން ގުޅުން ހިންގުމާ ރަލާ މިޔުޒިކް މުޅި ދުނިޔެއަށް ފަތުރަން އުޅޭ

 5. ޖރަބި

  ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރެއްވެސް ބުނި އިގްތިސާދޯ ބޫންބޫން އޯ! އަދި މިހާރުގެ ޓުވަރިޝްޓު މީހާވެސް........ލޮލް