ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ސްޕެއިން އިން މަރުވާ މިހުންގެ އަދަދު ދަށްވާން ފަށައިފިއެވެ.

މިއީ ފާއިތުވެގެން ދިޔަ 19 ދުވަސްތެރޭވެސް ސްޕެއިން އިން މަރުވާ މީހުންގެ އަދަދު އެންމެ ބޮޑަށް ދަށްވި ދުވަހެވެ. އެގައުމުން މިހާރު މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 16,353 އަށް ވަނީ އަރާފައެވެ.

އިއްޔެ އެގައުމުން މި ބަލި ޖެހިގެން މަރުވެފައިވަނީ 605 މީހެކެވެ. އަދި 4,756 މީހަކު ވަނީ ފައްސިވެފައެވެ.

ސްޕެއިން އަކީ ޔޫރަޕްގައި އެންމެ ގަދައަށަ ވައިރަސް ފެތުރެމުން އަންނަ ގައުމު ކަމުގައިވާއިރު، މިހައިތަނަށް މުޅި ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވި އެމެރިކާ އަށް ފަހުގައި ދެވަނާގައި އޮތީވެސް ސްޕެއިންނެވެ.

އެގައުމުން ފާއިތުވި 24 ގަޑިއިރު 4,830 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، މިހާރު ޖުމްލަ މި ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ 161,552 އަށް އަރާފައެވެ.

ޔޫރަޕްގައި މި ބަލި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ މިހާރު ވަނީ ހުރިހާ ބޯޑަރުތަކެއްވެސް ބަންދުކޮށްފައެވެ. އަދި ސްޕެއިން އިން ވަނީ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، މި މަހުގެ 26ގެ ނިޔަލަށް ކާފިއުގެ މުއްދަތު އިތުރު ކޮށްފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިވާ ކޮވިޑް-19 ޖެހިގެން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން 103,506 މީހަކު ބަލި ޖެހިގެން މަރުވެފައިވާއިރު، 382,041 މީހަކު ވަނީ ބަލިން ސަލާމަތްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު