ކޮވިޑް-19 ޖެހިގެން ފްރާންސުން މީގެ ކުރިން އެއްދުވަސް ތެރޭގައި މީހުން މަރުނުވާ އަދަދަކަށް މިއަދު މީހުން މަރުވެއްޖެއެވެ. ދެންމެ ފްރާންސް ސަރުކާރުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ފްރާންސުން ވަނީ 1438 މީހުން މަރުވެފައެވެ.

މީގެ ކުރިން ފްރާންސުން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އޭޕްރީލް 07 ވަނަ ދުވަހުއެވެ. އެދުވަހު މަރުވީ 1417 މީހުންނެވެ.

ފްރާންސުން މިއަދު ވަނީ 4,560 މީހުން ފައްސިވެފައެވެ. މިއަދު ފައްސިވި މީހުންގެ އަދަދު އިއްޔެއަށްވުރެ މަދެވެ. އިއްޔެ އެގައުމުން 6524 މީހުން ފައްސިވިއެވެ.

ފްރާންސުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 147,863 އަށް އަރާފައެވެ. އޭގެތެރެއިން 17,167 މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 30,955 މީހުންނެވެ. މިހާރު ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 6,457 މީހުން ހާލު ސީރިއަސްއެވެ.

ފްރާންސުން މަރުވި މީހުންގެ އަދަދު މިއަދު ރެކޯޑް އަދަދަކަށް އިތުރުވެފައި ވީނަމަވެސް ފްރާންސްގެ އޮފިޝަލަކު ވިދާޅުވީ އެގައުމުން މިއަދު މަރުވި މީހުންގެ އަދަދު އިތުރުވެފައި ނުވާކަމަށެވެ. ރަސްމީ ހިސާބުތައް މިއަދު އިތުރުވެފައި ވަނީ މީގެ ކުރިން މަރުވެފައިވާ މީހުންގެ ތެރެއިން އެއްނުކުރެވި ހުރި އަދަދުތައް މިއަދު އެއްކުރުމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މީގެ ކުރިން ވެސް ފްރާންސްގައި ބައެއް ދުވަސް ދުވަހު މިގޮތައް ކުރީ ދުވަހުގެ އަދަދުތައް އެއްކުމުރުން މަރުވި މީހުންގެ ރަސްމީ އަދަދު އިތުރުކަމަށް ދައްކާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު