އަޒަރްބައިޖާންގެ ވެރިރަށް ބަކޫގައި ހުންނަ ޓްރަމްޕް ޓަވަރުގައި އަލިފާން ރޯވެއްޖެއެވެ.

އަޒަރްބައިޖާންގެ ނޫސްތައް ބުނާގޮތުން އަލިފާން ރޯވެފައިވަނީ އެ ޓަވަރުގެ މެދުތެރޭގައި ހުރި ފަންގިފިލާތަކުގައެވެ. އަދި އަލިފާންގަނޑު އެހެން ފަންގިފިލާތަކަށް ވެސް މިހާރު ފެތުރެމުންދާ ކަމަށް އެގައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެ. އެ އިމާރާތުގައި 33 ފަންގިފިލާ ހުރެއެވެ.

އަލިފާންގަނޑު ނިއްވާލުމަށް ގިނަ އަދަދެއްގެ ފަޔާ ފައިޓަރުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ބަކޫގައި ހުންނަ ޓްރަމްޕް ޓަވަރުގައި އަލިފާން ރޯވިއިރު ދާދިފަހުން އެމެރިކާގެ ނިއުޔޯކްގައި ހުންނަ ޓްރަމްޕް ޓަވަރުގައި ވެސް ވަނީ އަލިފާނުގެ ހާދިސާ އެއް ހިނގާފައެވެ. އެ ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަނު

    ހަމަ ރަނގަޅައް ތިވީ.

  2. ޖޮއްބެ

    އުފާހުރި.