އިންޑިއާގައި ކޮވިޑް-19އަށް ފަރުވާދެމުންދިޔަ މީހަކު ބަލިން ރަނގަޅުވެފައި ހުއްޓާ، ކިޑްނީ އަށް ދިމާވި މައްސަލަތަކެއްގައި މަރުވެއްޖެއެވެ.
ކެރެލާގެ ހެލްތް މިނިސްޓާރ ކޭކޭ ޝައިލަޖާ އިއްޔެ ވިދާޅުވީ، މަލައްޕުރަމްގައި ކޮވިޑް-19 ބަލިން ރަނގަޅުވި މީހަކު މަރުވީ، އެ ބަލީގައި ނޫން ކަމަށާއި، އޭނާ މަރުވީ ކިޑްނީ އަށް ދިމާވި މައްސަލަތަކެއްގައި ކަަމަށެވެ.
"އޭނާ ކޮވިޑް-19 ބައްޔަށް ވަނީ ނައްސިވެފައި، ތިން ފަހަރަށް ޓެސްޓު ކުރުމުންވެސް، އޭގެ ފަހުން އޭނާގެ ސިއްހީ އިތުރު މައްސަލަތަކެއް ދިމާވީ،އޭނާއަކީ ކާޑިއެކްޓް ޕޭޝަންޓެއް މިދިޔަ 30 އަހަރުގައި، އަދި ނޭގާލުމުގައިވެސް ދަތިތަކާއި، ކިޑްނީ މައްސަލަތަކެއްވެސް ހުރި"
މިނިސްޓަރ ވިދާޅުވިގޮތުގައި، އެ މީހާ ކޮވިޑް-19 ބަލިން ރަނގަޅުވުމުން ހޮސްޕިޓަލް މުވައްޒަފުންނަށް ޝުކުރުވެސް އަދާ ކުރިއެވެ. އޭގެ ފަހުން ކިޑްނީ މައްސަލަތަކާއި އިންފެކްޝަން ހެދިގެން އިއްޔެ ހެނދުނު އެ މީހާ ވަނޫ މަރުވެފައެވެ.
"އޭނާ މަރުވީ ކޮވިޑް-19 ޖެހިގެނެއް ނޫން
އަދި އެ މީހާގެ ޖަނާޒާގެ ކަންކަން ކުރިއަށްދާނީ، ހަމަ އެހެން މީހުން މަރުވުމުން ޖަނާޒާގެ ކަންކަން ކުރިއަށްދާ ގޮތަށްކަން އޭނާ ވަނީ ހާމަކޮށްފައެވެ.
އިންޑިއާގެ އެ ސްޓޭޓްގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުވެސް އުޅެނީ 100 އިން މަތީގައެވެ.
އިންޑިއާގައި ކޮވިޑް-19ގެ ކޭސްތަކަށް ބަލާއިރު، އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ، 507 މީހެކެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 15712 އަށް އަރާފައެވެ.
ކޮވިޑު 19 އިން ބަޔެއް ގުނަވަންތަކައް ގެއްލުންލިބި އޯގަންފޭލިޔާ ދި މާވާކަ މައް ތިޕޯޓުތައް ދައްކާ.