ސައުދީން އިން ޔަމަނުގައި ހަރަކާތް ތެރިވާ ހޫތީ ވެރިންގެ ބައްދަލުވުމަކަށް ހަމަލާ ދީ 38 މީހުން މަރާލައިފިއެވެ.

ސައުދީ ޓީވީން ރިޕޯޓް ކުރާގޮތުގައި ސައުދީ ކޯލިޝަނުން ޔަމަނުގެ ވެރިރަށް ސަނާއަށް ހޫތީނަށް އަމާޒުކޮށް ދިން ހަމަލާގައި 38 ހޫތީ ހަގުރާމަވެރިން މަރުވި އިރު އޭތެރޭގައި ހޫތީ ހަގުރާމަވެރިންގެ 2 ކޮމާންޑަރުން ވެސް ހިމެނޭ ކަމަށެވެ.

ހޫތީ ހަގުރާމަވެރިން ވަނީ ޔަމަނުގެ ސަނާގެ އިންޓީރިއާ މިނިސްޓްރީގެ އިމާރާތަށް ސައުދީން ދިން ހަމަލާގައި އެ ގުރޫޕުގެ 38 ހަގުރާވެރިނާއި 2 ކޮމާންޑަރުން މަރުވިކަން ކަށަވަރުކޮއްދީދައެވެ.

މި ހަމަލާތަކަކީ ހުކުރު ދުވަހު ސައުދީގެ ޖަޒާން ޕްރޮވިންސްއަށް ހޫތީ ހަގުރާމަވެރިން ދިން ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާތަކެކެވެ.

ސައުދީގެ ސުވިލް ޑިފެންސް އޮތޯރިޓީން ބުނާގޮތުގައި ހުކުރު ދުވަހު ސައުދީއަށް ދިން މިސައިލް ހަމަލާގައި މަރުވެފައިވަނީ ސައުދީގެ ރައްޔިތެއް ކަމަށެވެ.

ސައުދީގެ ޖަޒާން ޕްރިވިންސްއަށް ހުކުރު ދުވަހު ހޫތީން ފިނުވާލި މިސައިލް ތަކުގެ ތެރެއިން ގިނަ މިސައިލް ސައުދީގެ ސިފައިން ވަނީ ކާމިޔާބު ކަމާއެކު ވައްޓާލާފައެވެ.

ހުކުރު ދުވަހު ސައުދީގެ ޖަޒާން ޕްރޮވިންސްއަށް އަމާޒުވި މިސައިލް ހަމަލާގައި ތިން ގޭގެ އިތުރުން 2 ވެހިކަލަކަަށް ވަނީ ގެއްލުން ވެފައެވެ.

މި ޙަމަލާ ދީފައި މިވަނީ، ސައުދީއަށް އަމާޒުކޮށް ޙަމަލާދޭނެ ކަމުގެ އިންޒާރު މީގެ ކުރިން ހޫތީން ދީފައިވަނިކޮށެވެ. އެގޮތުން މިއަހަރު ވެގެންދާނީ "ބްލާސްޓިކް މިސައިލްގެ އަހަރަކަށް" ކަމަށް ސައުދީއަށް އިންޒާރު ދެމުން އެ ޖަމާޢަތުން ބުނެފައިވެއެވެ.

ސައުދީއަށް އަމާޒުކޮށް މިދިޔަ އަހަރުން ފެށިގެން ގިނަ މިސައިލް ހަމަލާތަކެއް ދޭތެރެ ދޭތެރެއިން ދެމުންދާއިރު، ސައުދީ އިން ދަނީ ކޮންމެ ފަހަރަކުވެސް މިސައިލް އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލަމުންނެވެ.

ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ހޫތީ ހަނގުރާމަވެރިންނަށް ސައުދީ އާއި ދެކޮޅަށް ޙަމަލާ ދިނުމަށް ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެ ޖަމާޢަތަށް ވާގިވެރިވާ އީރާނުންނެވެ. ނަމަވެސް އެޤައުމުން ދަނީ އެކަން ދޮގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔަމަނުގެ ވެރިރަށަކީ ސަނާއެއް ނޫން. ސަންޢާ

  2. ހޫތީ ހުސައިން

    ޔަމަނުގެ ވެރިރަށަކީ ސަނާއެއް ނޫން. ސަންޢާ