އަވައްޓެރި އިންޑިއާގައި ޑޮކްޓަރުންނަށް ހަމަލާދީ މާރާމާރީ ހިންގަމުންދާ މައްސަލަތައް ފެންމަތިވާން ފަށައިފިއެވެ.

އެޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ޑޮކްޓަރުންނަށް ހަމަލާދެމުންދަނީ ކޮވިޑް-19 ފަތުރާ ބަޔަކީ އެއީ ކަމަށް ބުނެއެވެ. އެގޮތުން ފާއިތުވެދިޔަ ހަފްތާތަކުގައި އެޤައުމުގައި ޑޮކްޓަރުންނަށް ހަމަލާދިން ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވާއިރު، މިކަން ހިންގަމުން ދަނީ އިންޑިއާގައި ހަރަކާތްތެރިވާ ސިއްޙީ އޮފިޝަލުންނާއި ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާއެއްގެ ތެރެއިންނެވެ.

ނޫސްތައް ބުނާގޮތުގައި މިދިޔަ ދުވަސްތަކުގައި މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން ވަނީ ސިއްޙީ އޮފިޝަލުންނާއި ޑޮކްޓަރުންގެ ގެތައް ކައިރިޔަށް ވެސް އެއްވެ، ގެތަކާއި އެފަރާތްތަކުގެ މުދަލަށް ބޮޑެތި ގެއްލުންދީފައެވެ. އަދި ސިއްޙީ އޮފިޝަލުން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމަށްފަހު ގެޔަށްދާ ވަގުތާއި ދިމާކޮށް މުޒާހަރާކުރާ ފަރާތްތަކުން އެފަރާތްތަކަށް އަނިޔާކުރާ ގިނަ މައްސަލަތަކެއްވެސް ރިޕޯޓްކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

މި މައްސަލަތައް އިންޑިއާގައި ފެންމަތިވާން ފަށާފައިވަނީ، އެޤައުމުގައި ބަލި މީހުން ބަލަމުންދިޔަ ޑޮކްޓަރަކު ކޮވިޑް-19 ޖެހިގެން މަރުވުމުންނެވެ. މިކަމާއި ގުޅިގެން އޭނާ އާއި ބައްދަލުވި ގިނަ އަދަދެއްގެ ބަޔަކަށް ބަލީގެ ނުރައްކާ އޮތެވެ. އެއާއެކު ހިންގަން ފެށި ހަމަނުޖެހުންތަކުގެ ތެރޭގައި މަރުވި ޑޮކްޓަރުގެ އާއިލާ އާއި ރައްޓެރިންނަށް ވެސް މުޒާހަރާގެ ބައިވެރިންގެ ހަމަލާތައް އަމާޒުކޮށްފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގައި ހިންގަމުންދާ މި ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ޑޮކްޓަރުންގެ ރައްކާތެރިކަމާއި ގުޅޭ ބިލެއް ވެސް ފާސްކޮށްފައެވެ. އެ ބިލުގައި ވާގޮތުން ޑޮކްޓަރުންނަށް އަނިޔާކޮށް ގެއްލުންދޭ ފަރާތްތައް ހަތް އަހަރާއި ހަމައަށް ޖަލަށްލައި، ފަސްލައްކަ ރުޕީސް އާއި ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.

އިންޑިއާގެ ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުގެ ސަރުކާރުގެ އިސް ވެރިންވެސް ދަނީ އެކަން ކުށްވެރި ކުރަމުންނެވެ. މިގޮތުން ޑޮކްޓަރުންނަށް ހަމަލާދޭ ފަރާތްތަކަށް ހައްޤު އަބަދު ދޭނެ ކަމަށް އެޤައުމުގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޟޮސ

  ހުރިހާ ކަމެއްގަ ހައްދުފަގަނަޅާފައިވާ މީހުންމީ. އެންމެން މަރާލާ. މަރާލާފަ ކަލޭމެންް އަމިއްލައަށް ބޭސްފަރުވާ ކުރަންވީނުން. ޖާހިލު ގަމާރު ބައެއް

  38
 2. ދަރަނި ދަންތުރަ

  ގަމާރުކާ ކުމާރު މޯދީ އިބޫ ގެރިތަށް ހިމާޔަތްކުރާތި ރާއްޖެ ދަވާލާފައި ވިޔަސް ދެ ހެލިކޮޕުޓަރާ ސިފައިން ގެންދޭ އަމިއްލަ ގައުމު ހަމަޔަކަށް އަޅުވާ ދިވެހިންނާ އަޅައިގަނެގެން ނޫޅޭ

  34
  2
 3. އަލްޖިބްރާ

  އިންޑިއާމީހުނެއްނު ! ކޮންމެ ފަދަ ޖާހިލު ކަމެއްވެސް ކޮށްފާނެ ! ޑޮކްޓަރުން ގާތަށް ނުގޮސް ކަލޭމެން އަޅުކަން ކުރާ ބުދުތަށް ކައިރިއަށް ގޮސް ބަލިފަސޭހަ ކޮށްދޭށޭ ބުނޭ ! ކަލޭމެން އަޅުކަން ކުރަން ގެންގުޅޭ ޖަނަވާރުތަކަށް އާދޭސްކުރޭ ! ބަލިރަގަޅުކޮށްދޭނެ ! ޖާހިލު ކަމުގެ ލާމަސީލު ! ކަލޭމެންގެ ދަރިންނަށް ކިޔަވާދެނީ ކޯންޗެއްތަ ؟ ކަލޭމެން ކިޔަވައިގެން ތިބީ ކޯންޗެއްތަ ؟

  19
 4. Ahmed

  Incredible ިIndިިa