ދުނިޔޭގެ އެކި ގައުމުތަުގައި ފެތުރިފައިވާ ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީގައި ބަލިޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރި އެންމެން ބަލިން ރަނގަޅުވެ ދުކޮށްލާފާއިވާ ކަމަށް ޗައިނާގެ ހެލްތު އޮފިޝަލުން ހާމަކޮށްފިއެވެ.

ކޮވިޑް-19 ގެ ނުރައްކާތެރި ވައިރަސް ޗައިނާއިން ގެ ވޫހާން ސިޓީ އިން ފުރަތަމަ ފެނިފައިވާއިރު މުޅި ޗައިނާއިން 82,827 މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. މީގެން 46,452 މީހުންނަކީ ވޫހާން ސިޓި އިން ވައިރަސް ޖެހުނު އަދަދެވެ. އެއީ އެ ބައްޔަށް ޗައިނާއިން ފައްސިވި މީހުންގެ 56 ޕަސެންޓު މީހުންނެވެ.

ކޮވިޑް-19 ޖެހިގެން ޖުމްލަ ޗައިނާއިން 4,632 މީހުން މަރުވެފައިވާއިރު ވޫހާން ސިޓީއިން 3,869 މީހަކު ވަނީ މަރުވެފައެވެ. އެއީ ޗައިނާގެ ނިސްބަތުން ބަލާނަމަ 84 ޕަސެންޓު މީހުންނެވެ. އަދި އެ ގައުމުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެ ގައުމުން ވައިރަސް ހުރި މީހެއްގެ އަސަރު އޭޕްރީލް މަހުގެ މިއަދާއި ހަމައަށް ވައިރަސް އަލަށް އެއްވެސް ވޭދަނާއެއް ފެނިފައިނުވާ ކަމަށެވެ.

މުޅި ޗައިނާއިން އެކަމަށް މިއަދު ފަޙުރުވެރިވަމުންދާއިރު ނޭޝަނަލް ހެލްތު ކޮމިޝަންގެ ސްޕޯކްސްމަން ވަނީ އެ ގައުމުގެ ހެލްތު އޮފިސަރުންނާއި ސިއްޙީ މާހިރުން ކޮށްފައިވާ މަސަތްކަތަށް ޝުކުރު އަދާކޮށްފައެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު ޗައިނަގެ ވޫހާން ސިޓީ އިން ވައިރަސް އެއް އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާއިރު ވައިރަސް ފުރަތަމަ ފެނުނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ސިޓީ ފުރަބަންދުކޮށް ގިނަ ދުވަސްތަކެއް ފަހުން ހުޅުވާލާފައިވާއިރު ފުރަބަންދު 4 މަހަށް ދިގުދެމިގެން ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު