އިންޑިއާގެ މަދްޔާ ޕްރަދޭޝްގެ ވިލޭޖެއްގައި ބޯކޮށަން ސެލޫނަކަށް ދިޔަ ހަމީހަކު ކޮވިޑް-19 ޖެހިއްޖެއެވެ.

މިހާރު ފުލުހުން ވަނީ މުޅި ވިލޭޖް ސީލްކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބަރްގައޮން ވިލޭޖަށް ނިސްބަތްވާ އެ ބޯކޮށާ މީހާ އެ ހަ މީހުންގެ ބޯކޮށުމަށާއި، ޝޭވް ކުރުމަށްޓަކައި ގައި މަތީ އަޅަން ބޭނުންކޮށްފައި ވަނީ އެއް ފޮތިގަނޑެއް ކަމަށެވެ.

އެގޮތުން އޭޕްރިލް ފަސް ވަނަ ދުވަހު އެ ތަނަށް ދިޔަ ހޮޓަލެއްގައި މަސައްކަތް ކުރަމުންދިޔަ މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އޭނާ އެ ބައްޔަށް ފައްސިވިއިރު، އޭނާ އަކީ އިންޑޯރް ގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަަމށް ވެއެވެ.

އޭގެ ފަހުން އެ ދުވަހު އެ ސެލޫނަށް ދިޔަ 12 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން ހަ މީހަކު ވަނީ ފައްސިވެފައެވެ.

އެހެން ނަމަވެސް، އެ މީހުންގެ ބޯކޮށި މީހާ ވަނީ އެ ވައިރަސްއަށް ނައްސި ވެފައެވެ.

އެމީހުންްނަށް ބަލި ޖެހުނު ގޮތް އަދި ވަނީ ދެނެނުގަނެވިފައެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ދަނީ ކޮންމެ ދުވަހަކުވެސް އިތުރުވަމުންނެވެ. އެގޮތުން އިންޑިއާގައި މިހާތަނަށް 24942 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި 779 މީހަކު ވަނީ މި ވަނީ މަރުވެފައެވެ.

އެ ގައުމުގެ ހޯމް މިނިސްޓްރީން ބުނީ، މީގެ ތެރޭގައި ހިމެނޭ 1490 މީހުންނަކީ ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ފައްސިވި މީހުން ކަމަށާއި، އަދި އޭގެ ތެރެއިން 56 މީހުުން މަރުވެފައި ވަނީ ވެސް 24 ގަޑިއިރު ތެރޭގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު