ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ގައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީގައި ބައެއް ފިޔަފާރިތައް އަންނަ މެއި މަސް ތެރޭގައި ހުޅުވަން ނިންމައި، ސްކޫލްތައް ހުޅުވުން ސެޕްޓެމްބަރަށް ފަސްކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ޖުސެއްޕެ ކޮންޓޭ އޭވެ.

ޖުސެއްޕެ ވިދާޅުވީ، މި ހަފްތާ ތެރޭގައި ހުޅުވަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ ބައެއް ކާރުހާނާތަކާއި، ކޮންސްޓްރަކްޝަން ތަންތަން ހިމެނެެެވެ.

ޖުސެއްޕެ މިގޮތަށް ނޫހަކަށް ދިން އިންޓަވިއެއްގައެވެ،

އިޓަލީ އަކީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު އަދި ގިނަބަޔަކު މަރުވި އެއް ގައުމެވެ. އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 26000 އަށް ވަނީ އަރާފައެވެ.

ޖުސެއްޕެ ވިދާޅުވީ، ބައެއް ކާރުހާނާތަކުގެ މަސައްކަތް މެއި ދޭއްގައި ފެއްޓުމަށް ކަނޑައެޅި ނަމަވެސް ބާ ތަކާއި، ރެސްޓޯރެންޓްތައް ހުޅުވާނީ އަދި ފަހުން ކަމަށެވެ. އަދި ސްކޫލްތައް ސެޕްޓެމްބަރު މަހާއި ހަމައަށް ހުންނާނީ ބަންދުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަފްތާ ތެރޭގައި ހުޅުވިދާނެ ބައެއް ވިޔަފާރިތަކުގެ ތެރޭގައި އެކްސްޕޯޓް މަސައްކަތް ކުރަމުންދާ ވިޔަފާރިތައް ހިމެނެއެވެ. އޭނާ ވިދާޅުވީ، އެކްސްޕޯޓް މަސައްކަތްތައް ކުރާ މީހުންގެ ވިޔަފާރިތައް އަވަހަށް ފަށައިގަނެ، އެ މީހުންގެ ވިޔަފާރިތައް ހުއްޓިދާނެ ކަމުގެ ބިރުން ސަލާމަތް ކުރަން ޖެހޭ ކަަމަށެވެ.

އެހެން ނަމަވެސް މި ތަންތަން ހުޅުވިޔަސް، ސިއްހީ ރައްކާތެރިކަމަށްޓަކައި ވަރުގަަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ޖުސެއްޕެ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އިޓަލީގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން އެ ގައުމުވެސް ފުރަބަންދުކޮށް، ސްކޫލްތައްވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު