ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންތައް މިއަދު ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ދެ މަސް ދުވަހުގެ ފުރަބަންދަކަށް ފަހު، އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންތައް ފެށީ ދެކުނު އަންދްރަ ޕްރަދޭޝް އާއި ވެސްޓް ބެންގާލް ފިޔަވައި ހުރިހާ ސްޓޭޓެއްގައެވެ. އެ ދެ ސަރަހައްދަކީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައި އޮތް ދެ ސަރަހައްދެވެ.

ސީއެންއެން އިން ބުނި ގޮތުގައި ނިއު ދިއްލީގައި ހުންނަ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދާ މީހުން ފުރަތަމަ ކަމަށް އޮންލައިންކޮށް ޗެކް ކުރުމަށް ފަހު، އިމާރާތަށް ވަނުމަށްޓަކައި ބޯޑިން ޕާސް ސްކޭން ކުރަން ޖެހޭނެއެވެ.

ގާންދީ އެއާޕޯޓު މިހާރު ތައްޔާރުކޮށްފައި ވަނީ އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދީގެންނެވެ. އެއާޕޯޓަށް އަންނަ ކޮންމެ މީހަކު ސްކްރީން ކުރުމަށް ހާއްސަ ސްޓޭޝަނެއް ގާއިމުކޮށްފައިވާ އިރު، ހާއްސަ ފޯމެއް ވެސް ފުރަން ޖެހޭނެއެވެ.

މީގެއިތުރުން ފުރާ ހޯލްތަކުގައި ހުންނަ ގޮނޑިތައް ދުރުދުރުގައި ބަހައްޓާފައި ހުރިއިރު، މީހުން ހުއްޓި ހުންނަން ޖެހޭ ހިސާބުތައް ވަނީ ފާހަގަކޮށްފައެވެ. މިއީ އިންޑިއާގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އެ ގައުމުން އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކެކެވެ.

އިންޑިއާގެ މަތިންދާ ބޯޓުތަކުގައި ވެސް މިފަހަރު ކުރަން ޖެހޭނީ ތަފާތު ތަޖުރިބާއެކެވެ.

ކެބިން ކްރިއު މެމްބަރުން ތިބެން ޖެހޭނީ ޕީޕީއީ އަޅައިގެންނެވެ. ކޮންމެ ޕަސެންޖަރެއް ވެސް މާސްކް އަޅައިގެން ތިބެން ޖެހޭ އިރު، މަތިންދާ ބޯޓުގެ ތެރޭގައި ކެއުމާއި ބުއިމުގެ ހިދުމަތެއް ނުލިބޭނެއެވެ. އެކަމަކު، ޕަސެންޖަރުން ބައެއް ކާބޯތަކެތި ގެއިން ގެނެސްގެން ބޯޓުގެ ތެރޭގައި ކެވިދާނެއެވެ.

މީގެއިތުރުން ހުރިހާ ފަސެންޖަރުންނަކީވެސް އިންޑިއާގެ ސަރުކާރުން ތައްޔާރުކޮށްފައިވާ ކޮންޓެކްޓް ޓްރޭސިންގް އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް ވާންޖެހޭނެއެވެ.

އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންތައް ފެށިއިރު، މިވަގުތު އޮޕަރޭޓް ކުރަމުން ދަނީ ސްޕައިސް ޖެޓާއި އެއާ އިންޑިއާއެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރުން އަދިވެސް އެއްކޮށް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. އެ ގައުމުން މިހާތަނަށް 139,049 މީހެއްގެ ގައިން ކޮވިޑް-19 ފެނުނު އިރު، މި ބަލި ޖެހިގެން 4,024 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މުސްލިމުންނަކަށް ދަތުރެއް ނުކުރެވޭނެ! އެމީހުންނަށްއޮތީ ލަޓިބުރީގަ ހުރި ބާރެއް ލިބިގަތުން!

    4
    2
  2. އެމަންޖެ

    ހުޅުވާ މުޅިގައުމުގަ ބަލިފަތުރާ މެރުނުހާ ބަޔަކު މަރާ.