އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހަކަށް ފުލުހުން އަނިޔާކުރުމުން، އޭނާ މަރުވި މައްސަލަ ހޫނުވެ، އެންމެފަހުން ފުލުހުންނާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުން ހުއްޓުވަން ބާރުގެ ބޭނުން ކުރަން ފަށައިފިއެވެ.

ފްލޮއިޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ވައްޓާލުމަށްފަހު އޭނާ ކަރު މަތީގައި ފުލުހަކު ކަކޫ އަޅައިގެން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. ފްލޮއިޑް މަރުވުމުން ގިނަ ބަޔަކު ވަނީ އެއަމަލު ހިންގި ފުލުހުންނާއި ދެކޮޅަށް ދައުވާ ކުރަން ގޮވާލައި މުޒާހަރާ އަށް ނިކުމެފައެވެ.

ފުލުހުންގެ އިދާރާ އިން ވަނީ އެކަމުގައި ބައިވެރިވި ހަތަރު ފުލުހުން ވަޒީފާ އިން ވަކިކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ފާއިތުވި ތިން ދުވަހު ކުރި ވަރުގަދަ މުޒާހަރަތަކުގެ ސަބަބުން މީގެ އިރުކޮޅެއް ކުރިން އޭގެ ތެރެއިން އެއް ފުލުހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެއެވެ. ހައްޔަރު ކޮށްފައި ވަނީ ފްލޮއިޑްގެ ކަރުގައި ފައި އަޅައިގެން އިން ފުލުހެވެ.

އެމެރިކާގައި ހާއްސަކޮށް ކަޅު ނަސްލުގެ މީހުން ފުލުހުންގެ ހަމަލާތަކުގައި މަރުވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލައެވެ. ފްލޮއިޑްގެ މަރާއި ގުޅިގެން އެކަކު ހައްޔަރު ކުރި ނަމަވެސް އޭނާގެ މައްޗަށް ދައުވާކުރަން ނިންމިކަން އަދި އިއުލާނެއް ނުކުރެއެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން މިނެޕޮލިސްގެ ޕޮލިސް ސްޓޭޝަން ކައިރިއަށް ގިނަ ބަޔަކު އެއްވެސް ފުލުހުންގެ ވެހިކަލްތަކަށް ވަނީ ގެއްލުން ދީފައެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރަން މިހާރު ވަނީ ސިފައިން ވެސް ނެރެފައެވެ. މުޒާހަރާ ރޫޅާލަން ފުރަތަމަ ކަރުނަގޭސް ޖެހި ނަމަވެސް މުޒާހަރާތައް ރޫޅާލެވިފައެއް ނުވެވެ. މިހާރު ވަނީ މުޒާހަރާ ރޫޅާލަން ރަބަރު ވަޒަން ވެސް ބޭނުން ކޮށްފައެވެ.

އެމެރިކާގެ ގިނަ ބަޔަކު ވަނީ ފްލޮއިޑްގެ މަރު ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. عبد الله

    ސަޢުދިއަރަބިޔާ، ނޫނީ މުސްލިމްޤައުމެއްގަ ހިނގިކަމެއްނަމަ އިންސާނީ ހައްޤޭ ކިޔާގެން އުޅޭ ޖަމާޢަތްތަކުގެ މީހުނަށް ނުވެސް ނިދޭނެ.

    5
    1
  2. މޫސް

    މި ދިވެހި ރާއްޖޭގަ ވެސް އުޅޭނެ ތިޔަކަހަލަމީހުން

  3. އަހްމަދު

    މުސްލިމު ގައުމެއްގަ ޚާއްސަކޮށް ސައޫދީ ގާ ހިނގި ކަމެއް ނަމަ ޔަހޫދީ މީޑިއާގަ ފަލަ ސުރުޚީ ގާ އޮންނާނެ އެއް މަސް ވަންދެން
    މިއީ ޑިމޮކްރަސީ އާ ހުރިހާ ހައްގެއް އޮންނަ ތަން.
    އޭނާ ކަރު މަތީގަ ހަމަ ޖެހިލައިގެން އިނީއޭ ކަކޫ ވިއްދައިގެން އެތައް އިރަކު، އާންމު މީހުން ވެސް އެހެން ނަހަދާށޭ ކީ އިރު.