އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވެރިކަންކުރާ ނޭނގޭ ހާލުގައި "އަނގަ މައިތިރިކުރުން" މުޙިންމު ކަމަށް ހިއުސްޓަން ފުލުހުންގެ އިދާރާގެ އެންމެ އިސް ވެރިޔާ، އާޓް އަސެވޭޑޯ ބުނެފިއެވެ.
އަސެވޭޑޯ މިގޮތަށް ބުނެފައި ވަނީ، އެމެރިކާގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިޔަށްދާ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ވެސް ހުއްޓުވުމަށް ޓްރަމްޕް ގޮވާލާފައި ވަނިކޮށެވެ. އެގޮތުން ޓްރަމްޕް ވަނީ އެޤައުމުގައި މިހާރު މުޒާހަރާތައް ކުރިޔަށްދާ ސިޓީތަކުގެ ގަވަރުނަރުންނަށް، މުޒާހަރާ ކޮންޓްރޯލް ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް އަންގާފައެވެ.
މިކަމާއި ގުޅިގެން ނޫހަކަށް ދިން އިންޓަވިއުއެއްގައި އަސެވޭޑޯ ބުނެފައި ވަނީ، މިވަގުތު އެމެރިކާއަށް ބޭނުންވަނީ ލީޑަރެއް ކަމަށާއި، ނަމަވެސް ޓްރަމްޕްގެ ފަރާތުން ލީޑަރެއްގެ ސިފަ ނުފެންނަ ކަމަށެވެ. އަދި މުޒާހަރާ ހުއްޓުވުމަށް ކުރަންވީ ކަންކަން އެނގޭ ކަމަށާއި، އެކަން "ބޭނުން ގޮތަކަށްކުރަން" ގޮވާލުމުގެ ހައިސިއްޔަތެއް ޓްރަމްޕް އަށްވެސް ލިބިގެން ނުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
އަސެވޭޑޯ ވަނީ މުޒާހަރާ ކުރަމުންދާ ފަރާތްތަކާއެކު ހުންނެވިކަން ހާމަކޮށްފައެވެ. އެގޮތުން ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވެ، އަނިޔާވެރިވާ ފުލުހުންނަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. ނަމަވެސް އެކަން ކުރެވޭނީ އާންމުންވެސް ފުލުހުންނާއި އެކު މަސައްކަތް ކޮށްގެން ކަމަށާއި، މުޅި ފުލުހުންގެ މުވައްސަސާގައި ތިބީ އަނިޔާވެރި ސިފައިން ނޫން ކަމަށް އަސެވޭޑޯ ބުނެފައި ވެއެވެ.
އަސެވޭޑޯ ވަނީ މުޒާހަރާތައް ކުރިޔަށް ގެންދިޔަ ނަމަވެސް ސުލްޙަވެރިކަމާއެކު، ތަންތަނަށް ގެއްލުން ނުދީ އެއްވުންތައް ބޭއްވުމަށް އެދިފައެވެ. އަދި ރައްޔިތުންގެ އަޑު ސުލްޙަވެރިކަމާއެކު ކަމާއިބެހޭ ފަރާތްތަކަށް އިއްވައި، އިންސާފު ހޯދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.
އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަޅުނަސްލުގެ، ޖޯގް ފްލޮއިޑް ނަމަކަށްކިޔާ މީހަކު އަނިޔާވެރި ގޮތަކަށް މަރާލުމުން އެޤައުމުގައި މިހާރު ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އަސެވޭޑޯ ބުނެފައި ވަނީ، އެފަދަ ފުލުހުންނަކީ ފުލުހުންގެ މުވައްސަސާގައި މަސައްކަތް ކުރުމަށް އެކަށީގެންވާ ބައެއް ނޫން ކަމަށެވެ.
އަސެވޭޑޯ ނިސްބަތްވާ ހިއުސްޓަން އަކީ ފްލޮއިޑްގެ އުފަން ސިޓީވެސް މެއެވެ. އަސެވޭޑޯ މީގެ ކުރިން ވިދާޅުވެފައި ވަނީ، އޭނާ އާއި އަދި ހިއުސްޓަން ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ ހުރިހާ ފުލުހުންވެސް ފްލޮއިޑް ދަންނަ ކަމަށެވެ.
އަސެވޭޑޯ ވަނީ އޭނާގެ ޑިޕާޓްމެންޓުން ފްލޮއިޑްގެ ހަށިގަނޑު ރަސްމީ އިއްޒަތުގައި އާއިލާއަށް ރައްދުކޮށްދިނުމަށް ވެސް ހުށަހަޅާފައެވެ. އެގޮތަށް އެކަން ކުރުމަށް ބޭނުންވަނީ އާއިލާއާއެކު އެ ޑިޕާޓްމެންޓުގެ ފުލުހުން ތިބިކަން ހާމަކޮށްދިނުމަށް ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ބުނެފައި ވަނީ މި ދަނޑިވަޅުގައި ފްލޮއިޑްގެ އާއިލާއަށް ރައްކާތެރިކަން ދިނުމަށް ހިއުސްޓަން ފުލުހުން ތިބީ ތައްޔާރަށް ކަމަށާއި، އެ އާއިލާއަށް ދިމާވެފައިވާ ހިތްދަތިކަމުގައި ސިޓީގެ ހުރިހާ ފުލުހުން ބައިވެރިވާނެ ކަމަށެވެ.
ފްލޮއިޑް މަރާލާފައި ވަނީ މިނެސޯޓާގެ މީނިއާޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެކެވެ. އެމީހުން ފްލޮއިޑް ވައްޓާލުމަށްފަހު އޭނާ ކަރު މަތީގައި ކަކޫ އަޅައިގެން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދައުރުވެފައި ވެއެވެ. ފްލޮއިޑް މަރުވުމުން ގިނަ ބަޔަކު ވަނީ އެ އަމަލު ހިންގި ފުލުހުންނަށް އަދަބު ދިނުމަށް ގޮވާލާފައެވެ.
ތަންތަނުގައުޅޭ ދޮޅުރޯނާއިންނަށް ތިޔަދިނީބަރާބަރުމެސެޖެއް ދެތިން ޤައުމެއްގައުޅޭތިޔަބުނާކަހަލަދޮޅު ރޯނާއިން
ކެނެ ރީގޭ ގަ ވެސް އުޅޭނެ މިކަހަލަ މީހެއް.
ހަހަ މަޖާ މީހެއް ތި ޓްރަންޕް
މި މެސެޖް ދިވެހިރާއްޖޭގެ މަޖިލިސްގެ ރައީސަށް ދިނުންވެސް ވަރަށް މުހިންމު! ހަމަކަށަވަރުން އިންސާނާގެ ދުލަކީ އޭގެ ބޭނުން ނުހަނު ނުރައްކާތެރި ގޮތުގައި ހިފިދާނެ ގުނަވަނަކަށް ވީހިނދު އަޅުގަނޑުމެން ދިވެހިންގެ ގިނަބަޔަކު ސަޖިދަ ކުރާރަވުގައި ހުންނެވި މަނިކުފާނުގެ އަނގަ މައިތިރި ކުރަންޖެހޭ ހާލަތްތައް ގިނަކަމުގައި ދެކެމެވެ.
މިޤައމުގެ ފުލުހުންވެސް މިހާ ގަޓްހުންނަނަމަ ކިޔާ ރަނގަޅުވާނެ! ނަމަވެސް ކީއްތޯ ކުރާނީ އިސްވެރިންނަށް ތިބީ ގޭދޮށުމީހުން ވިއްޔާ! އަދި މީސްމީޑިއާއިން ފެންނަ ފޮޓޯތަކުންނާއި ވީޑީއޯތަކުން އެމީހުންގެ އަޙްލާގުވެސް ވެންނަނީ ގާދުކޮލުން ބޭރުވެފައިވާތަން!
މަޖިލީހުގެ ރައީސަކަށްވެސް ހުރީ ތިކަހަލަ ހަ އަނގައިގެ ވެރި ކުރަފި ވިސްނުން ވެސް ނެތް ރޯނު އެދުރެއް