ފިޖީން ކޮވިޑް-19 ޖެހުނު އެންމެން، ރަނގަޅުވެ އެ ގައުމުން ކޮވިޑް-19 ނައްތާލެވިފައިވާކަން އިއުލާނުކޮށްފިއެވެ.

ފިޖީން ކޮވިޑް-19ގެ ފުރަތަމަ ވޭދަނަ ފެނިފައި ވަނީ މާރިޗް މަހުގެ 19 ވަނަ ދުވަހުއެވެ.

އެ ގައުމުގައި ބަލި ނައްތާލެވިފައިވާ ކަން ހާމަކޮށްފައި ވަނީ މިއަދު އެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު އެންމެންވެސް މިހާރު ވަނީ ރަނގަޅުވެފައެވެ. އަދި އެ ގައުމުން ކޮވިޑް-19 ޖެހިފައިވާ މީހަކު ނުފެންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ފިޖީގެ ބޮޑުވަޒީރު ފްރާންކް ބަނިމަރަމާ ވިދާޅުވީ، އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ފަހު މީހާ ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެ ގައުމުގައި މިހާރު ބަލި ޖެހިފައިވާ އެއްވެސް މީހަކު ނެތް ކަމަށާއި، އެ ގައުމުގައި ކޮވިޑް-19ގެ ވޭދަނައެއް ނުފެންނަތާ 45 ދުވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާ ވަނީ އެގަމުގައި ކޮވިޑް-19 ޖެހިގެން މީހަރު މަރުވެފައިނުވާ ކަމަށްވެސް ވިދާޅުވެފައެވެ.

ފިޖީން މިހާތަނަށް ކޮވިޑް-19 ޖެހިފައި ވަނީ 18 މީހަކަށް ކަމަށް ވެއެވެ.

ފިޖީން ކޮވިޑް-19 ފެނި އެ ގައުމުގައި ގިނަބަޔަކަށް ބަލި ޖެހިދާނެ ކަމުގެ ބިރު އޮތެވެ. އެ ގައުމަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ޖަޒީރާ ހުރިައި ގައުމެއްވެސް ރަގަޅުވާނެއެވެ. އެކަމު ރާއްޖެނުވާނެއެވެ. އެއީ ރާއްޖޭގެ ވެރިކަމުގައިތިބީ ވަރަށް ޖަޒީރާވަންތަ ޖަޒީރާ ދަންނަމީހުނަށްވީމައެވެ

    4
    5