ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 770 މީހަކު މަރުވެއްޖެއެވެ.

މެކްސިކޯ އިން މިއަދު ވަނީ އިތުރު 4599 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރި، އެންމެ ގިނަ މީހުން މަރުވަމުންދާ ގައުމުތަކުގެ ތެރޭގައި މިހާރު މެކްސިކޯ ހިމެނެއެވެ.

މެކްސިކޯ އިން މިހާތަނަށް 159,793 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 19,080 މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން މަރުވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވަމުން އައުމަށް ފަހު ފާއިތުވި ދެދުވަހު ވަނީ މަރުވާ މީހުންގެ އަދަދު އިތުރު ވެފައެވެ.

މެކްސިކޯ ސަރުކާރުން މިއަދު ބުނީ އެގައުކުން ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ ގޮތުގައި ރަސްމީކޮށް އިއުލާން ކުރާ އަދަދަށްވުރެ ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު އިތުރު ވާނެ ކަމަށެވެ. ނަމަވެސް ބައެއް މައުލޫމާތުތައް ކަށަވަރު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ރަސްމީ އަދަދުތައް ކަށަވަރު ކުރަން ދަތިތައް ހުރިކަމަށް ސަރުކާރުން ބުނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އޭޕްރީލް މަހުން ފެށިގެން މެކްސިކޯގެ ގިނަ ސަރަހައްދުތައް ވަނީ ފުރަބަންދު ކޮށްފައެވެ. ފުރަބަންދުގެ ސަބަބުން އެތައް ބަޔަކަށް ވަޒީފާއަށް ނުދެވި ވަޒީފާ ގެއްލި މާލީ ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައެވެ. ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތި ހާލަތައް ހައްލެއް ހޯދައި ދިނުން އެދި މެކްސިކޯގެ ގިނަ ބަޔަކު ގެންދަނީ މިހާރު މުޒާހަރާ ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު