މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19 ފިނި ހޫނުމިނަށް ބަލާ ކުރިއަށް އޮތް 20 އަހަރަށް ދެމި އޮވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޗައިނާގެ ކޮވިޑް-19 ދިރާސާ ކުރަމުން އަންނަ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސަރު ލި ލަންޖުއަން ބުނެފައިވަނީ ފިނި ހޫނު މިނަށް ބަލައި ކޮވިޑް-19 އަށް އެއްގައުން އަނެއް ގައުމަށް ފަސޭހައިން ދަތުރު ކުރެވޭނެ ކަމަށެވެ. އޭނާ ވަނީ ޗައިނާގައި ފިނި ކުރި ކާ އެއްޗެހި ރައްކާތެރި ކުރާ ފަރާތްތަކުން އެކަމަށް ސަމާލު ވުމަށް ގޮވައި، އިންސްޕެކްޝަން ޖެއްސުމަށް ގޮވާލާފައެވެ.

"ކޮވިޑް-19 މި ބައްޔަކީ ފިންޏަށް ބިރު ގަންނަ ބައްޔެއް ނޫން. މި ވައިރަސްއަށް މައިނަސް 4 ޑިގްރީ ސެލްސިއަސްގައި މަސްތަކަކަށް އުޅެވިދާނެ. އަދި 20 ޑިގްރީގައި 20 އަހަރު ވަންދެން އުޅެވިދާނެ" ލަންޖުއަން ބުންޏެވެ.

އޭނާ ބުނީ، އެ ދިރާސާގެ ސަބަބުން އެކި ކަހަލަ މާކެޓްތަކާއި އައިސް ކޮށްފައިވާ ކާ އެއްޗެހިން ކޮވިޑް-19 ފެނިފައިވާ ސަބަބު އެނގިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް މި ވައިރަސް އަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ޗައިނާއިން ބަލި ކޮންޓްރޯލް ކުރެވިފައި ވަނިކޮށް އަނެއްކާ ދެވަނަ ރާޅެއް އައިސް ބަލި ޖެހި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެގައުމުން ހޯދާފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބަލި މިފަހަރު އައިސްފައިވަނީ ޔޫރަޕުންނެވެ. އެގައުމުން ބުނެފައިވަނީ އެ ވައިރަސްއަކީ ޗައިނާގައި މިހާރު ފެތުރެމުން އަންނަ ވައިރަސްއާއި ކޮންމެވެސް ވަރަކަށް ތަފާތު ވައިރަސްއެކެވެ. އެއީ ގަބޫލު ކުރެވޭ ގޮތުގައި ފިނި ކުރި ކާ އެއްޗެހީގައި ހުރެގެން އައިސްފައިވާ ވައިރަސްއެކެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓެއްގެ ތެރެއިންނެވެ. މިއަދާއި ހަމައަށް ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދެއް ހިމެނޭހެން ބަލި ފެތުރިފައިވާއިރު، މި ބަލި ޖެހިގެން މިލިއަނަށްވުރެ ގިނަ މީހުން ވަނީ ފެނިފައެވެ. އަދި ބަލީގައި 4 ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު