މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 759 މީހަކު މަރުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރުގެ އެ ގައުމުން 759 މީހަކު މި ބަލީގައި މަރުވުމާއެކު އެ ގައުމުން، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 22584 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 4577 މީހަކު ކޮވިޑް-19 އަށް މި ވަނީ ފައްސިވެފައެވެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 185122 އަށް އަރާފައެވެ.

މެކްސިކޯއިން މުޅި ދުނިޔެއިން 13 ވަނަ އެންމެ ގިނަބަޔަކު ކޮވިޑް-19އަށް ފައްސިވި ގައުމެެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 140118 މީހެކެވެ. އަދި ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިިން 378 މީހެއްގެ ހާލު ސީރިއަސް އެވެ.

އަދި މިހާރު އެ ގައުމުން މި ބައްޔަށް ފަރުވާދެމުން ދަނީ 22420 މީހަކަށެވެ.

މެކްސިކޯއިން ކޮވިޑް-19ގެ ފުރަތަމަ ވޭދަނަ (ކޭސް)އެއް ފެނިފައި ވަނީ، ފެބްރުއަރީ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު