މެކްސިކޯ އަށް ދެންމެ އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ހަތަރު ގައުމަކަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދީފިއެވެ.

ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދީފައި ވަނީ މެކްސިކޯ، ގްއަޓަމެލާ، އެލްސަލްވެޑޯ އަދި ހޮންޑިއުރަސް އަށެވެ.

މެކްސިކޯގެ ބައެއް ސަރަހައްދުތަކަށް 2.2 ފޫޓާއި 2.3 ފޫޓްގެ ސުނާމީ އަރާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މެކްސިކޯ އަށް އައިސްފައި ވަނީ 7.4 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ.

މެކްސިކޯއަށް ބިންހެލުން އައިސްފައި ވަނީ އެގައުމުގެ ދެކުނުން ސަންޓާ މާރިއާ ޒަޕޮޓޯލިއަން ނަމަކަށް ކޮޔާ ސަރަހައްދަށެވެ. އެއީ އޮޒާކާ ސްޓޭޓްގައި އޮންނަ ސަރަހައްދެކެވެ. ބިންހެލުން އައިވަގުތު ފުރަތަމަ ބިންހެލުން އައިކަމަށް ރެކޯޑް ކޮށްފައި ވަނީ 7.7 މެގްނެޓިއުޑްގައެވެ. ނަމަވެސް ފަހުން ވަނީ ބިންހެލުމުގެ ބާރުމިން ދަށްކޮށްފައެވެ.

ބިންހެލުމުގެ ސަބަބުން މެކްސިކޯގެ އެކި ސަރަހައްދުތަކަށް ވަނީ ގެއްލުން ލިބިފައެވެ. ބިންހެލުމުގެ ސަބަބުން ބައެއް މީހުން މަރުވި ކަމަށް މެކްސިކޯގެ ދައުލަތުގެ ޓީވީން ބުނެއެވެ. ނަމަވެސް މަރުވި މީހުންގެ އަދަދުތައް އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު