ސައުދީ އަރަބިއްޔާގެ މަދީނާ އިން ކޮވިޑް-19 އަށް ފައްސިވި އެންމެން ބަލިން ރަނގަޅު ވެއްޖެ ކަމަށް ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މަދީނާ ހިމެނޭ "އަލް އައިސް" ޕްރޮވިންސުން 13 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އެ ޕްރޮވިންސުން ފުރަތަމަ ކޮވިޑް-19 އަށް މީހަކު ފައްސިވީ މާޗް މަހު އެވެ. ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން އެސަރަހައްދުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ފަރުވާ ދިން އެންމެ ފަހު މީހާ އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާ އިން މިހާތަނަށް 161005 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 1307 މީހަކު މަރުވެފައި ވާއިރު 105175 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ސައުދީ އަރަބިއްޔާ އިން ވެސް މިހާރު ގެންދަނީ ފުރަބަންދަށް ލުއިތައްދީ އާއްމު ހާލަތަކަށް ރުޖޫއަ ވަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރު އެހެން ގައުމުތަކުން ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ އަށް ދަތުރު ކުރުމުގެ ފުރުސަތެއް ނެތެވެ. މިއަހަރު ހައްޖުގެ އަޅުކަން އަދާކުރެވޭނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ.

ސައުދީ އަރަބިއްޔާ ސަރުކާރުން ބުނެފައި ވަނީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނީ ވަރަށް މަދު އަދަދެއްގެ މީހުންނަށް ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު ހައްޖުގެ އަޅުކަން އަދާކުރާނެ މީހުންގެ އަދަދު 10000 އަށް ވުރެ ވެސް މަދު ވާނެއެވެ. ނަމަވެސް ސައުދީ އަރަބިއްޔާގެ ސަރުކާރުން އަދި އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ا س

    الحمدلله

    16
  2. ޙުފަ

    އަލްހަމްދުލިލާހް

  3. ބޮޑުބެ

    އެކަމު މިއަދުވެސް ސަޢުދީޢަރަބިއްޔާގެ މަދީނާއިން 97 މީހަކު ފައްސިވި.

  4. ބޮޑުބެ

    އެކަމަކު މިއަދުވެސް މަދީނާއިން 97 މީހަކު ފައްސިވި

  5. ޢަހޮމަދު

    ޢާދަނާ ހިދުކޮޅު އައި ސްފަތޯ. ކޮވިޑަށް ޕޮޒިޓިވްވާމީހުން 2 ގަޑިއިރުފަހުން ރަގަޅުވަނީތޯ.