އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރުމުގެ އަމުރެއް އީރާނުން ނެރެފިއެވެ.
އީރާނުން މިހާރު ވަނީ ޓްރަމްޕް ހައްޔަރު ކުރުމަށް އިންޓާޕޯލްގެ އެހީތެރިކަމަށް އެދިފައެވެ.
އިރާނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރުމަށް އަމުރު ނެރެފައިވަނީ އެގައުމުން ދިން ބަގްދާދަށް ދިން ހަމަލާގައި އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރ، ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލި މައްސަލައާއި ގުޅިގެން ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ވަނީ ބުނެފައެވެ.
ތެހެރާނުގެ ދައުލަތުގެ ވަކީލު އަލި އަލްގަސިމް ބުނެފައިވަނީ ސުލައިމާނީގެ މަރުގެ ތުހުމަތު ޓްރަމްޕްގެ އިތުރުން އެހެން 30 މީހަކަށް ކުރެވޭ ކަމަށެވެ. އެގޮތުން އެމީހުންނަށް ޓެރެރިޒަމްގެ ދައުވާއާއި މީހަކު މެރުމުގެ ދައުވާ ކުރެވޭ ކަމަށް ވަނީ ބުނެފައެވެ.
ޓްރަމްޕް އިތުރުން އެހެން މީހުން މިކަމުގައި ހިމެނޭއިރު، އޭނާ އެމީހުންގެ ނަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ ވެރިކަމުގެ އިންތިހާބު ނިމުނަސް އިރާނުން އޭނާގެ މައްޗަށް ކުރާ ދައުވާ ނުހުއްޓާނެއެވެ.
ޓްރަމްޕް ހައްޔަރު ކުރުމަށް އަމުރެއް އިރާނުން ނެރެފައިވާއިރު، އެގައުމުން ވަނީ މިކަމުގައި ދެން ޝާމިލުވާ މީހުންވެސް ހައްޔަރު ކުރުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުމަށް އެދިފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން އަދި އިންޓަޕޯލް އިން ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.
ޓްރަމްޕް ހައްޔަރު ކުރުމަށް އިންޓަޕޯލްގައި އެދިފައިވާތީ، އިންޓަޕޯލް އިން ވަނީ ކޮމިޓީ އާއި ބައްދަލު ކޮށް، އެކަން ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ މަޝްވަރާ ކޮށްފައެވެ. މީގެ ތެރެއިން އެކަމުގެ މައުލޫމާތު އެހެން ސްޓޭޓްތަކުގެ މެމްބަރުންނަށް ހިއްސާ ކުރެވޭނެއެވެ. އިންޓަޕޯލް އިން މިފަދަ މައުލޫމާތު އާންމު ނުކުރެއެވެ. އެހެން ނަމަވެސް ބައެއް ކަހަލަ މައުލޫމާތު އިންޓަޕޯލްގެ ވެބްސައިޓްގައި ހިމެނެއެވެ.
އެމެރިކާއިން ދިން ހަމަލާގައި ސުލައިމާނީ އަވަހާރަ ވެފައިވަނީ އިރާނުގެ ވެރިރަށް ބައުދާދުގެ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މި ހަމަލާގައި އިރާގުގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސް ވެސް ވަނީ އަވަހާރަކޮށްލާފައެވެ.
އީރާނައް ރަގަނޅައް އެނގޭނެ ތިވޮރެންޓް ނެރުނަސް ތީނަ ހައްޔަރެއްނުކުރާނެކަން...ދެން އިންޓަޕޯލެއްނުކިޔާ...ވޮށިންޓަނައް މިސައިލުފޮނުވާ ތަންތަން ބިމާ ހާމަކޮށްލަބަލަ..އެއިރުން އިންސާފު ލިބުނީ...ކަލޭމެންތީ ހަނގުރާމަ ކޮށްފިއްޔާ އެމަރިކާ ރޮއްވާލުމުގެ ގާބިލު ބައެއް..
އީރާނުގައި ހުރެފައި އެމަރިކާގެ ފަސްގަނޑަށް ފޮނުވާލެވޭ އައިސީބީއެމް ލޯންގްރޭންޖް މިސައިލްތައް ކަލޭމެން އަތުގައިއެބަވޭ..ބަންކަރުތަކުގައި ފޮރުވާފައި...އޭގައިން ހަމަލާދީބަލާ..އިސްރާއީލާއި އެމަރިކާ ސައިޒުކޮށްލާ
މޮޔަ ބަޔެކޭ ތި ޝިޔައީންނަކީ ހަމަ ޤަމަރުން
ތިހެން އަދި އިމުރެއް ނެރުނަސް ތިކަމެއް ނުވާނެ ، ކޮންމެގަތަކަށް މީހާއުޅުނަސް އެވެސް ޤައުމެއްގެ ރައީސެއްވިއްޔާ ، އަނެއްކާ އިންޓިރޕޯލް އިންވެސް ހަދާނީ އެމީހުން ބެނުންގޮތެއް ތީހަމަ އަތުން ލިޔެފައި އެއްލާލާ ނޯޓެކޭ ވަކިތަފާތެއް ނެތް. ތިކަން ކުރެވެންޏާމުން ކުރެވޭނީ ހަނގުރާމަކޮށް އެމީހުން ބަލިކޮށްގެން ނޫނީ ނުވާނެ ތިކަމެއް.
ތީ ވަރަށް ރަނގަޅު ވާހަކައެއް..މަ އެއްބަސްވަން