ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކަށް ދިމާވެދާނެ އެންމެ ނުރައްކާތެރި ހާލަތު އަދި ކުރިއަށް އޮތީ ކަމަށް ފެންނަ މަންޒަރުތަކަށް ބަލާއިރު ލަފާކުރެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޓެޑްރޯސް އަދަނޮމް ގެބްރޭސަސް ރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ސަރުކާރުތަކުން އެންމެ ރަނގަޅު ސިޔާސަތުތައް ތަންފީޒު ނުކޮށްފިނަމަ ހާލަތު ނުރައްކަތެރިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
"ޓެސްޓް ކުރުމާއި، ޓްރޭސް ކުރުމާއި، އައިސޮލޭޓް ކުރުމާއި ކަރަންޓީން ކުރުން އެއީ އެންމެ މުހިއްމު ކަންތައްތައް. މިކަންތައްތައް ވަރަށް ފުރިހަމައަށް ކުރަން ޖެހޭނެ." ޓެޑްރޯސް ތަކުރާރުކޮށް ވިދާޅުވިއެވެ.
މިދިޔަ އަހަރު ފަހުކޮޅު ޗައިނާ އިން ފެނުނު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 10 މިލިއަން ފަހަނައަޅައި ގޮސްފައެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ބައި މިލިއަނަށް ވުރެ އިތުރު ވެފައެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު އެމެރިކާގެ ހާލަތު މިހާރު އަނެއްކާވެސް ދަނީ ދުވަހަކަށް ވުރެ ދުވަހަކު އިތުރު ވަމުންނެވެ.
ދެކުނު އޭޝިއާގެ ބައެއް ގައުމުތަކާއި، އެފްރިކާގެ ގައުމުތަކުގައި ވެސް ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުން ދާއިރު އެގައުމުތަކުގައި ޕީކް ޖުލައި މަސް ނިމުމުގެ ކުރިން އަންނާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. އެހެންކަމުން އެގައުމުތަކުން ވެސް އަދި އެތައް ހާސް ބަޔަކު ފައްސިވެ، އެތައް ހާސް ބަޔަކު މަރުވެގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ.
ޓެޑްރޯސް ވިދާޅުވީ މިހާލަތު ނިމުމަކަށް އަންނަން އަހަރެމެން އެންމެން ވެސް ބޭނުންވާ ކަމަށެވެ. "އަހަރެމެން އެންމެން ވެސް ބޭނުން މިހާލަތު ނިމުމަކަށް އަންނަން. ނަމަވެސް ހަޤީޤަތަކީ މިކަންތައް ނިމެން އަދި ކައިރިވެސް ނުވޭ. ބައެއް ގައުމުތަކުން ބަލި ކޮންޓްރޯލް ކުރުމުގައި ކުރިއެރުންތައް ހޯދި ނަމަވެސް މުޅި ދުނިޔެ އަށް ބަލާއިރު ބަލި ފެތުރުން ދަނީ އިތުރު ވަމުން." ޓެޑްރޯސް ވިދާޅުވިއެވެ.
ޓެޑްރޯސް ރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ބައްޔާއި ހަނގުރާމަ ކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ މުހިއްމު ކަންތައް ކަމަށެވެ.
ޔަހޫދީ ސަލީބީ ޒަޔަނިސްޓު ޖަމާއަތުން ދުނިޔެ އަޅުވެތިކުރުން ދައްކާ ދޮގުވާހަކަ
އިންޝާﷲ ރަނގަޅުވާނެ އަދި
ﷲ އަށް އީމާންނުވާ މީހުންނަށް އޮތީ ނާއުއްމީދު..މުއުމިނުންގެ އަޒުމަކީ ވަރުގަދަ އަގީދާއެއް...މަނިކުފާނު ޔަހުދީންނާއި ނަސާރާއިން ވޯލްޑް ހެލްތޭ ކިޔައިގެން ފިލާވަޅު.ނަގާދީ..ޔަހޫދީން ހިންގާ ޖަމާއަތެއް ތި ޖަމާއަތަކީ...