އަނެއްކާވެސް ކޮވިޑް-19 ފެތުރެން ފަށާފައިވާތީ ހޮންގކޮންގގެ ސްކޫލްތައް ބަންދުކޮށްފިއެވެ.

ހޮންގކޮންގގައި ކޮވިޑް-19 އަނެއްކާވެސް ވަރަށް ބޮޑަށް ފެތުރެން ފަށާފައިވާއިރު، އަންނަ ހޯމަ ދުވަހުން ފެށިގެން ސްކޫލްތައް ދެން ނުހުޅުވާނެއެވެ. އަދި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްދާނެ ކަމުގެ ބިރު އެ ގައުމުގައި މިހާރު އެބަ އޮތް ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

މިދިޔަ ފެބްރުއަރީން ފެށިގެން އޭޝިއަން ފައިނޭންޝިއަލް ހަބްގެ ގިނަ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ސްކޫލްތައް ކިޔެވުން އޮންލައިންކޮށް ވަނީ ފަށާފައެވެ. އަދި މިހާރު ބައެއް އިންޓަނޭޝަނަލް ސްކޫލްތައް ހުރީ ސަމާ ބްރޭކްގައެވެ.

ހޮންގކޮންގގައި 42 އާ ވޭދަނަ (ކޭސް)އެއް ވަނީ އިއްޔެ ފެނިފައެވެ. މީގެ ތެރޭގައި ހިމެނެނީ އާއްމުންގެ ތެރެއިން ފެނުނު 34 ވޭދަނައެވެ. މިއީ މިގޮތަށް ބަލި ފެތުރެމުންދާތާ ދެވަނަ ދުވަހުއެވެ.

އެންމެ ފަހުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ސްކޫލް ކުދިންނާއި މައިންބަފައިންނެވެ.

ކިޔުންތެރިންގެ ހިޔާލު