ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ހުރި މައިނުތަކަކުން އެސިޑް ލީކުވުމުން ރަޝިއާގެ ކޯރެއް އޮރެންޖް ކުލައަށް ބަދަލުވެއްޖެއެވެ.

ދައުރުވަމުން އަންނަ ޑްރޯން ފޮޓޯތަކަށް ބަލާ އިރު، މި ހާދިސާ ހިނގާފައިވަނީ އޫރަލް ފަރުބަދަ ކައިރީގައި ހުންނަ ލެވިކިންސްކީ މައިންތަކުން އެސިޑް ލީކްވުމުން ކަމަށް ކަމާއި ބެހޭ މާހިރުން ވަނީ ބުނެފައެވެ. އެސިޑް ލީކް ވުމުގެ ސަބަބުން އެ ކޯރުގެ ފެންގަނޑު މިހާރު ވިހަވާނެ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ގުޅިގެންތޯ ބެލުމަށް ރަޝިއާގެ ސަރުކާރުން ވަނީ މަސައްކަތް ފަށައިފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކަހަލަ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ކަމާބެހޭ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ މައިނުގައި އެފަދަ ތަކެތި ރައްކާކޮށްފައި ހުންނަނީ ޕޮންޑެއްގެ ތެރޭގައި ކަމަށާއި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޕޮންޑު ފުރިގެން އެސިޑްގެ އަސަރު ރަޝިއާގެ ސަރަހައްދަށް ކުރީ ކަމަށެވެ.

އެފަރާތްތަކުން އެގޮތަށް ބުނެފައިވާ އިރު، އަމިއްލަ ކުންފުންޏެއް ކަމަށް އެކޮޕްރަވޯ ގައި މަސައްކަތް ކުރަމުން އަންނަ އެންވަޔަރަމެންޓަލިސްޓް އެންޑްރިއު ވޮލެގޯވް އާއި ހަވާލާދީ "އޭއެފްޕީ" އިން މީގެ ކުރިން ވަނީ މިޕޮންޑް ފުރިގެން ބަންޑުން ވެދާނެ ކަމުގެ އިންޒާރުތަކެއް ދީފައެވެ.

ނަމަވެސް އޭރު ކަމާބެހޭ ފަރާތްތަކުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. އެފަރާތްތަކުން ބުނެފައިވަނީ އެ ސަރަހައްދު ބަލަމުން އަންނަ ފަރާތްތަކަށް އެ އެސިޑް ނައްތާލަން ބޭނުންވާ ސާމާނު ނެތް ކަމަށެވެ.

ރަޝިއާގެ ކޯރަކަށް އެސިޑް ލީކެއްވެފައި މިވަނީ މީގެ އެއް މަސް ކުރިން އެ ގައުމުގެ ތެޔޮ ލީކެއް ވެ، އެކަމުން އަރައި ނުގަނެވި އުޅެނިކޮށެވެ.އެހެންވެ، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އާންމު ރައްޔިތުން ރައްކާތެރިވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    މިގައުމުވެސް އެބަދޭ ތިޔަފަދަ ހާލަކައް ހުރިހާ ރައްޔިތުން ތިބޭ ބަލަން ހާލަތައް ދިޔައީމަ މި މޑޕ ބޭފުޅުން ވިދާޅުވާނެ ރައްޔިތުން އަމިއްލަޔައް ރައްކާތެރިވާށޭ.