ޓޮންގާއަށް 6.5 މެގްނެޓިއުޑް ބާރުމިނިގައި ބިންހެލުމެއް އަތުވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ ޓޮންގާގެ ގަޑިން ހޮނިހިރު ދުވަހު ހަވީރު 15:30 ހާއިރުއެވެ.

ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 33 ކިލޯމީޓަރު އަޑިއަށެވެ. ނަމަވެސް ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ. ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ވެސް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ޓޮންގޯ އަކީ އޯޝާނިއާ ސަރަހައްދުގައި އޮންނަ ޖަޒީރާ ގައުމެކެވެ. މިއީ ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޯޝާނިއާ ސަރަހައްދަށް އައި ބާރުގަދަ ތިން ވަނަ ބިންހެލުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިހާރު ގާތްގާތުން ދުނިޔޭގެ އެކިކަންކޮޅުތަކަށް ބިންހެލުންތައް އެ ބައާދޭ، ދުނިޔެ ނިމުން އޮތީ ބޮޑު ޒަލްޒަލާއަކުން.

    97
    2