ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ކުރިޔަށް އޮތީ އުންމީދީ އަދި އުފާވެރި ދުވަސްތަކެއް ކަމަށާއި، ނަމަވެސް މި ބަލިމަޑުކަން ދުނިޔޭގައި ދެން އަބަދުވެސް އޮންނާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އެމެރިކާގެ އެންމެ އިސް ސައިންސްވެރިޔާ ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޑރ. ފައުޗީ ވިދާޅުވީ، ކޮވިޑް-19 ގެ ވެކްސިނެއް ތައްޔާރު ކުރުމުގައި ގިނަ ކުރިއެރުންތައް ލިބެމުންދާކަމީ އުންމީދު އާވާ ކަމެއް ކަމަށެވެ. އެހެންކަމުން މި ވެކްސިން ބޭނުންކުރެވެން ފެށުމުން، މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ހާސްކަން ފިލައިދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ވެކްސިނެއް އުފެއްދުމުން ޔަޤީނުންވެސް ވައިރަސް ކޮންޓްރޯލް ވެގެންދާނެ. އެހެންކަމުން ކުރިޔަށް ދެން އޮތީ އުފާވެރި އަހަރަކަށް ވާނެ. އެކަމަކު މި ބަލިމަޑުކަމުން ދުނިޔެއަށް އަރައިގަތުމަކީ ފަސޭހަކަމެއް ނޫން. އަދި ބަލި ދުނިޔެއިން ނައްތާލުމަކީ އަދި ކުރެވޭނެ ކަމެއް ކަމަށް ޤަބޫލުކުރެވޭނެ ޖާގައެއް ނެތް،" ޑރ. ފައުޗީ ވިދާޅުވިއެވެ.

ޑރ. ފައުޗީ އިތުރަށް ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދި ބޭނުންކުރެވެން ފެށޭނީ އަންނަ އަހަރުކަމުން، ބަލިމަޑުކަން ފެތުރިދާ ދިއުން ކޮންޓްރޯލެވެގެންދާނެ ކަމަށެވެ. އެހެންކަމުން އެ ދުވަސް ޖެހެންދެންވެސް ހާލަތު އިތުރަށް ގޯސް ވިޔަނުދީ ހިފެހެއްޓުމަކީ މުސްތަޤުބަލަށްޓަކައި ކޮންމެ މީހަކުވެސް ވިސްނަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެހެންމެ އަންނަ އަހަރު ވެކްސިނެއް ލިބުމާއެކު ބަލީގެ ނުރައްކާ ކުޑަވެގެން ދިޔަނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ވާން ޖެހޭ ޒިންމާ ހަނދާން ނައްތާނުލުމަށް ޑރ. ފައުޗީ ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތެދު

    ﷲމޮޅައްދެނެވޮޑިގެންވަނީ...އެކަކައްވެސް ގައިބުނޭނގޭނެ..!!؟؟ ލަފާކުރެވިދާނެ، އުއްމީދު ކުރެވިދާނެ..

    21
    1
  2. އަރީ

    ވެކްސިންޖަހައިގެން ލާރިލިބެންޏާ ކަލޭމެން އުފާވާނެތާ. ކޮވިޑަކީ ކަލޭމެނަށަ ލާރި ހޯދަދޭ ބައިވެރިޔާ ވިއްޔާ . ޢޭތި އެހެންވީމަ މާރކެޓްގަ އުޅޭނެތާ

    9
    1
  3. ގޮތްކުޑަ

    ކަލޭމެން ފަތުރާލި ވައިރަހެއް މިއީ.