ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް އިންޑިއާގެ ބެންގަލޫރުގައި މީހަކު ފޭސްބުކްގައި ޕޯސްޓެއް ކުރުމުން ބަޔަކު ފުލުހުންގެ މަރުކަޒަކަށް ހަމަލާދީ ގެއްލުންތައް ދީފިއެވެ.

ހަމަނުޖެހުންތަކުގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މަރުވެފައި ވަނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރި މީހާގެ މައްސަލަ ބަލައި ދިނުން މުޒާހަރާއަށް ނިކުތް މުސްލިމުންގެ ތެރެއިން ތިން މީހެކެވެ. އެމީހުން މަރުވީ މުޒާހަރާ ކޮންޓްރޯލް ކުރަން ފުލުހުން ބަޑި ޖެހުމުންނެވެ.

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް މީހަކު ފޭސްބުކްގައި ކުރި ޕޯސްޓާއި ގުޅިގެން މުސްލިމުން ޕޮލިސް ސްޓޭޝަނެއްގައި ހުޅު ޖަހާފައި ވެއެވެ. އަދި ސިޔާސީ ބޭފުޅެއްގެ ގެއަށާއި، ވެހިކަލްތަކަށް ވެސް ގެއްލުން ދީފައި ވެއެވެ.

ބެންގަލޫރު ސިޓީ ޕޮލިސް އިން ބުނީ ބެންގަލޫރުގެ ހާލަތު މިހާރު އޮތީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. ފުލުހުން ބުނީ މުޒާހަރާއަށް ނިކުތް މީހުންގެ ތެރެއިން 110 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފޭސްބުކްގައި ޕޯސްޓް ކުރި މީހާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެއެވެ.

އިންޑިއާގެ މުސްލިމް ލީޑަރުންނާއި އިލްމުވެރިން ވަނީ ހަމަނުޖެހުންތައް ނުހިންގުމަށް މުސްލިމުންނަށް ގޮވާލާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމާއި ނަރެންދްރަ މޯދީ ހަވާލުވި ފަހުން އިންޑިއާގައި މުސްލިމުންނަށް އަމާޒުކޮށްދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. މުސްލިމުންނަށް ހަމަލާދޭ މީހުން ބައެއް ފަހަރު ހައްޔަރުކުރި ނަމަވެސް ގިނަ ފަހަރަށް އެމައްސަލަތަކުގައި ހިމެނޭ މީހުންނަށް ޙުކުމެއް ނާންނަ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދީނީ

    ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ފުރައްސާރަ ކުރާ މީހުން ހިތި ވޭންދެނިވި މަރަކުންމަރުވާނެ
    އެކަލޭގެފާނައް ހަޖޫޖެހި މީހުންނައް ވެގެންދިޔަގޮތް ތާރީޚު ދަނޭ...ބިންހެލުމާއި އަލިފާނުގެ ހާދިސާއާއި ނުރައްކާތެރި އެކްސިޑެންޓުތައް މެދުވެރިވެ ވޭންހުރި ގޮތަކަށް މަރުވެގެންދޭ

    15
  2. އެންޓި

    އިންޑިއާގެ ތީ އާންމުކަމެއް އަދި ކާފަރުން ގެ އެއްވެސް މައްސަލައެއް މޯދީ ސަރުކާރެއްގައި ނުބަލާނެ...އަދި އެފަދަދުވަހެއްއެމީހުންނައް މާތްﷲ ދައްކަވާނެ..މުސްލިމުން ނަށް މިކުރާ އަނިޔާގެ އިންސާފުލިބޭނެ

    11
  3. ގެރި

    ދޫނުކޮއް ބޮޑުގެރި ބޭރުކުރޭ

  4. ދަރަނި ދަންތުރަ

    ﷲ އިރާދަފުޅާއެކު ނުލަފާގެރިމޯދީގެ ކިބައިން އިންޑިޔާގެ މުސްލިމުން ސަލާމަތްކުރައްވާށި

    87
  5. ބޯޖަލީލު

    ކޮބާ އިބޫއަށް ފެނޭބާ އިންޑިޔާއިން މުސްލިމުންނަށް ކުރާ އަނިޔާ ކޮބާ ކެނެރީގޭ ގުންޑާ

    70
  6. އެމަންޖެ

    ކެނެރީގޭ ގުންޑާ ވާހަކަ ހެޔޮނުވާނެ ދައްކަން. ގުންޑާ އުޅެނީ މޯދީއަށް ވުރެ މަތީގަ.

    24
  7. ޒާ

    އެއްކަލަ ނުލަފާ އަބްދުﷲ ޝާހިދު ދެންވެސް ދުވޭ އިންޑިއާ ދިފާއުކޮށް މުސްލިމުން ނިކަމެތިކުރުމަށް ވާހަކަ ދައްކަން.

    25
  8. ލީލާ

    ކެނެރީގޭ ގުންޑާއަކީ އަދި މޯދީއަށްވުރެ މާ ނުލަފާ މީހެއް. ހަނދާނަށް އަންނަނީ ހާމާނު

    11
  9. ހަނީފް

    ޔާﷲ ކީރިތި މާތް ރަސޫލާއަށް ފުރައްސާރަ ކުރާމީހުންނަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް އާޚިރަތުގެ ޢަޒާބުގެ އިތުރުން ދުނިޔޭގައިވެސް ހަލާކާއި ގެއްލުން ކުރުމަތިކުރައްވައި ވޭންހުރި މަރެއް ދައްކަވާންދޭވެ.