ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތައް އުނިކުރުމަށް ފަރަންސޭސިވިލާތުން ގޮވާލާފައިވުމުން، ފްރާންސްގެ ދަރިވަރުންނަށް ތުރުކީގެ ޔުނިވަރސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ނުދިނުމަށް ނިންމައިފިއެވެ. މިކަން ކަނޑައަޅާފައިވަނީ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ، ކަމާ ބެހޭ ކޮމިޓީންނެވެ.

ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ، ޤައުމީ ތަޢުލީމާއި ސަޤާފަތާއި ޒުވާނުން އަދި ކުޅިވަރާ ބެހޭ ކޮމިޓީގެ މުގައްރިރު އެމްރުﷲ އިސްލާ ބުނެފައިވަނީ ފްރާންސުން، ޤުރުއާނުގެ ބައެއް އާޔަތްތައް އުނިކުރުމަށް ގޮވާލި ގޮވާލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި މި ނިންމުމަކީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއްކަމުގައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ތުރުކީގެ ފްރާންސާ ބެހޭ މާއްދާތައް ކިޔަވައިދެމުންދާއިރު، ފްރާންސް އާއި ޔޫރަޕުގެ އެހެން ޤައުމުތަކުގައި ތުރުކީއާ ބެހޭ މާއްދާތައް ކިޔަވައިދެމުން ނުދާކަމަށެވެ. މިކަމުގެ ސަބަބުން، މިއީ އެންމެ ހަމަހަމަ ގޮތްކަމުގައިވެސް ނުދޭކަމަށްވެސް އިސްލާ ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކީރިތި ޤުރުއާނުގެ ބައެއް މޫރިތި އާޔަތްތައް އުނިކުރުމަށް ގޮވާލާފައިވަނީ އެޤައުމުގެ ސިޔާސީ ދާއިރާގެ ބައެއް ފުންނާބު އުސް މީހުންނެވެ. އެފަރާތްތަކުން މިހެން ގޮވާލައި، އެފަރާތްތަކުގެ ސޮއިކޮށްފައިވާ ބަޔާނެއްވެސް ނެރެފައިވެއެވެ. މި ބަޔާނުގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެޤައުމުގެ ކުރީގެ ރައީސް ނިކޮލަސް ސަރުކޯޒީ، ކުރީގެ ބޮޑުވަޒީރު މެނުއަލް ވެލްސް އަދި އެނޫންވެސް ކުރީގެ މިނިސްޓަރުން ހިމެނެއެވެ.

ތުރުކީ އިން މިކަމަށް ވަރުގަދަ ރައްދުތަކެއް ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހެޔޮއެދޭ

    ސާބަސް އުރުދުޣާން! ތިޔައީ އަސްލު މުސްލިމް ލީޑަރުންނަކީ.

  2. ހެލޯ

    ފްރާންސް މީހުން ދޭބަލަ ޔަހޫދީން ފައިދަށުގަ ދޫލާން

  3. ބުލޫ

    ކީރިތި ޤުރުޢާންގައި ޔަހޫދީންނާއި ނަޞާރާއިންނާއި އެހެނިހެން ދީނުގެ އަދުއްވުންގެ ހަޤީޤީ ސޫރަ ސިފަކޮށްް ބަޔާން ކޮށްދެއްވާފަވަނީ އޭގެ އެންމެ ފުރިހަމައަށް.މިވެރިން ކިތަންމެ ރުޅިއެއް އަޔަސް އާޔާތްތަށް އުނިކުރަން އެދުނަސް ހަޤީޤަތް ބަދަލެއް ނުކުރެވޭނެ.ޙުދު އަހަރެމެންވެސް ކަލޭމެންނާއިމެދު ދެކެނީ ކީރިތި ޤުރުޢާންގަވާގޮތަށް.ކަލޭމެންގެ ފޮތްތަށް ހިތުހުރިހާ ގޮތަކަށް ބަދަލުކޮށްލައިގެން ތިއްބަސް އަހަރެމެން ކީރިތި ޤުރުޢާންގެ އާޔަތެއް ކީއްކުރަން އެންމެ އަކުރެއްވެސް އުނިކުރާކަށް ނެތިން.ފަހަރުގަ މުސްހަފްގަވާ އާޔަތެއް އުނިކުރެވިދާނެ.އެކަމަކު މުސްލިމުންގެ ހިތްތަކުގަ ބިންވަޅުނެގިފަވާ ކީރިތި ޤުރުޢާންގެ އާޔަތްތަށް އުނިކުރާނެ ގޮތެއް އެއީ ނެތްގޮތެއް.

  4. އަނީސް

    ކަލޭމެނަށް ކުރެވޭވަރު ކަންތައްކުރަން އުޅުބަލަ. ކީރިތި ޤުރްއާނުން އެއްމެ އަކުރެއް ކީތްކުރަން އެއްމެ ފިއްޔެއްވެސް ބަދަލެއް ނުކުރެވޭނެ.

  5. ޖޭމު ދޮންބެ

    ކަޅޯ އެ މާތް ފޮތަކާ ނުކުޅެވޭނެ އެވެ.އެ ފޮތް ރައްކާތެރި ކުރައްވާނެ ކަމަށް ހަތް އުޑުގެ މަތިން އެފޮތް ބާވާލެއްވި އިލާހު ވަނީ އަންގަވާ ފައެވެ.ބަލަ 1400 އަހަރު ވީ އިރު ވެސް އެ ފޮތުގެ އަކުރަކަށް ނުވަތަ ފިއްޔަކަށް ނުވަތަ ނުޤުތާއަކަށް އެއްވެސް ބަދަލެއް އައިސްފައި ވާ ކަމާމެދު ޝައްކެއް ކުރަން ވެސް ނުޖެހޭ ކަމީ އަޖާއިބު މުޢްޖިޒާތެއް ކަމަށް ޤަބޫލް ނުކުރަން ތޯއެވެ.

  6. ކުޅުދުއްފުށި

    އެހެން ހެދުމަށް ގޮވާލި މީހުންނަށް ހަލާކު ހުރި.... އެއީ ހަމަ ޔަޤީނުންވެސް ޝައިތާނާގެ ހެއްލުންތެރިން... މާތްﷲ އެބައިމީހުން ވޭންދެނިވި ނަރަކައިގައި ތާ އަބަދަށް ލަހައްޓަވާށި... އާމީން

  7. ޢަހަންމާ

    މިވަރުގެ ލީޑަރެއް އިސްލާމީ އެހެން އެއްވެސް ގައުމަކު ނެތް. ޙައްގު ބަސް ބުނަނަް ކުޑަވެސް ޖެހިލުމެއްނުވޭ.

  8. Anonymous

    ސާބަސް އުރުޣާން! ތިޔައީ އިސްލާމީ ލީޑަރުންނަކީ. ހައްޤުބަސް ބުނުމުގަ އެންމެ ކައިވަތެއްވެސްދޫކުރާނެކަމެއްނެތް. ކާފަރުން ކިތަންމެ ނުރުހުނަސް ﷲ އެކަލާނގެ ފޮތް ރައްކާތެރިކުރައްވާނެކަމަށް އެފޮތުގައި ވަނީ ވަހީކުރައްވާފަ. ކާފަރުންގެ ހަޤީޤަތް އެފޮތުގައި ބަޔާންކުރައްވާފައިވާ ފުރިހަމަކަމުން އެބައިމީހުން އެފޮތަށް އަބަދުވެސް ނަފުރަތުކުރޭ.

  9. އާންމު

    ސާބަސް އުރުޣާން! ތިޔައީ އިސްލާމީ ލީޑަރުންނަކީ. ހައްޤުބަސް ބުނުމުގަ އެންމެ ކައިވަތެއްވެސްދޫކުރާނެކަމެއްނެތް. ކާފަރުން ކިތަންމެ ނުރުހުނަސް ﷲ އެކަލާނގެ ފޮތް ރައްކާތެރިކުރައްވާނެކަމަށް އެފޮތުގައި ވަނީ ވަހީކުރައްވާފަ. ކާފަރުންގެ ހަޤީޤަތް އެފޮތުގައި ބަޔާންކުރައްވާފައިވާ ފުރިހަމަކަމުން އެބައިމީހުން އެފޮތަށް އަބަދުވެސް ނަފުރަތުކުރޭ.

  10. ޔާމީން

    ﷲ ވަނީ އެތަކެއް އަހަރު ކުރިން އެ ފޮތް ހިމާޔަތް ކޮއްފަ ތިކަން ނުވާނެ ކަލޭމެންގެ ފޮތް ބަދަލް ކުރޭ