ސްޕެއިންގެ މެޑިޓޭރިއަން ބޯޑާ އަދި ފްރާންސްގެ ބޯޑާއާއި ގުޅޭ ހިސާބުގައި އޮންނަ ޖަނގަލީގައި އަލިފާން ރޯވެ ބާރު ދުވެއްޔެއްގައި އަލިފާން ފެތުރެމުން ދާކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އަލިފާން ފެތުރެމުން ދާ ހިސާބަކީ ގިނަ އަދަދެއްގެ ޓުއަރިސްޓުންވެސް އަންނަ ހިސާބެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި އަލިފާންގަނޑު ނިވަން އުނދަގޫވާ ސަބަބަކީ މި ސަރަހައްދުގެ ވަށައިގެން އުސް ވެލިގަޑުތައް ހުންނާތީއެވެ. މީގެ އިތުރުން އެ ސަރަހަށްދުގެ މޫސުން ގޯސްވެ ޖެހޭ ގަދަ ވައިގެ ސަބަބުން އަލިފާންގަނޑު އިތުރަށް ފެތުރެމުން ދެއެވެ.

ސްޕެއިންގެ ޕޯރޓްބޯ ސަރަހައްދުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ސަބަބުން ތިން ގަޑިއިރުގެ ތެރޭގައި އެ ސަރަހަށްދުގެ 200 ހެކްޓަރަށް ވަނީ މި އަލިފާންގަނޑު ފެތުރިފައެވެ. އެ ގައުމުގެ ސަރުކާރުން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވާގޮތުގައި އަލިފާންގަނޑު ނިވައިނުލައި ގިނައިރުވެއްޖެނަމަ 400 ހެކްޓަރަށް އަލިފާންގަނޑު ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެ ގައުުމުގެ ސިވިލް ޕްރޮޓެކްޝަން ސާވިސްއިން އެ އަވަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިިވީނަމަވެސް އެ އަވަށުގެ މީހުންނަށް އެތަން ދޫކޮށް ނުދިޔުމަށް ވަނީ އަންގާފައެވެ. މިކަމުގެ ސަބަބުން އެ އަވަށުގެ މީހުންނަށް ކެއުންބުއިމުގެ ކަންކަންކަމުގައި އަދި ސާފު ވައި ހޯދުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާކަން ހާމަކޮށްފައިވެއެވެ.

އެ އަލިފާންގަނޑު ނިއްވުމުގައި އިސްކޮށް އުޅޭ ފަޔާފައިޓާ ބުނފައިވާގޮޮތުގައި އަލިފާންގަޑު ނިއްވުމުގެ މައިގަނޑު ގޮންޖެހުމަކީ ވައިބާރުވުނެވެ. ނަމަވެސް އަލިފާންގަޑު ނިއްވުމަށް ކުރިއެރުން ލިބެމުން އަންނަ ކަމަސާއި އެކަމުގައި ވަރަށް އަވަހަށް ކުރިއެރުމެއް ލިބޭނެކަމަށް ބުނެފައިވެއެވެ.އަލިފާންގަޑު ކުރިޔަށްވުރެ ބޮޑަށް ފެތުރިފަ ވީނަމްވެސް އެންމެންގެ އެއްބާރުލުމާއިއެކު އަލިފާންގަޑަށް އިތުރަށް ނުފެތުރެވޭނެ ކަންކަން އަންނަނީ ކުރަމުންކަމަށެވެ.

މި އަލިފާންގަޑުގެ އަސަރު އެ ސަރަހަށްދުގައި ހުންނަ ރެއިލްވޭ ސްޓޭޝަންއަށްވެސް ކޮށްފައިވާކަން ހަބަރުތަކުން ލިބެއެވެ. މި ސްޓޭޝަންއަކީ ފްރާންސް އިންވެސް އަދި ސްޕެއިންއިންވެސް ބޭނުންކުރަމުން އަންނަ ސްޓޭޝަންއެއްކަން ފާހަގަކޮށްލެވެއެވެ.

މި ސަރަހައްދަށް ނިކުމެވޭގޮތަށް ހުރި ހުރިހާ މަގުތަކެއް ބަންދުކުރެވިފައިވާއިރު ޓްއަރިސްޓް ހޮޓެލްތަކާއި ވިލާތަށްވެސް ވަނީ ބަނދުކޮށް އެމީހުން ސަލާމަތުގެ އަށްސޭރިޔަކަށްް ގެންގޮއްސައެވެ. އަދި ރޭގަޑުގެ ވަގުތުގައި އަލިފާނުގެ ސަބަބުން ބަންދުވެފައި ތިބި ގިނަ އާއިލާތަކެއްވެސް ވަނީ ސަލާމަތްކޮށްދީފައެވެ.

މި ހާދިސާ ހިގާ ސަރަހަށްދުގައި 230 އަށްވުރެ ގިން ފަޔާފައިޓާސް ދެ ގައުމުގެ ފަރާތުން އަލިފާން ނިއްވަން މަސައްކަތް ކުރަމުން އާދެއެވެ. އަދި ހެލިކޮޕްޓަރު ބޭނުންކޮށްގެންވެސް ފެން ޖަހާ އަލިފާންގަޑު ނިއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ. ވައިގެ ތެރެއިން ގިނަ މަސައްކަތްތަކެއް އަދި ކުރެވިފަ ނެތީ މޫސުމުގެ ސަބަބުން ވައިގެ އުޅަނދުތަށް ދުއްވަން އުނދަގޫކަމުން ކަމަށްވެސް ބޭރުގެ މީޑިޔާތަކުން މައުލޫމާތު ލިބިފައިވެއެވެ.