ބޭރުގެ މީޑިޔަާތަކުން މިރޭ ކުޅުމަށް ހަމަޖެހިފައިވާ ވުމެންސް ވޯލްޑް ކަޕާއި ބެހޭގޮތުން ސުވާލުކުރުމުން އިންގްލެންޑު ޓީމުގެ ކެޕްޓަން ވަނީ ވަރަށްވެސް ފުރިހަމަ ޖަވާބެއް ދީފައެވެ.

ވޯލްޑް ކަޕް ފައިނަލުގައި އިންގްލެންޑުގެ ކެޕްޓަންކަން ކުރުމަކީ ކޮބައިކަމާ ބެހޭ ގޮތުން މިލީ ބްރައިޓް: "އެއީ ބޮޑު ކަމެއް ނަމަވެސް ޓީމަށް މާ ބޮޑު ކަމެއް. އަބަދުވެސް 'އަހަރެމެން އަހަރެންގެ ކުރިން'،"

އުމުރުން 24 އަހަރުގެ އަލީސިއާ ރޫސޯއަކީ އިންގްލެންޑް ޓީމުގެ ކުރިއަށް ކުޅެމުން އަންނަ ތަރިއެކެވެ. ރޫސޯ ވަނީ މިހާތަނަށް މުބާރާތުގެ ކޮންމެ މެޗެއްގެ ފުރަތަމަ ކުޅޭ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އަދި ސެމީ ފައިނަލުގައި އޮސްޓްރޭލިއާ އަތުން މޮޅުވި މެޗުގައި ލަނޑު ޖަހާފައެވެ.

"އަހަންނަށް ހީވަނީ ޓަނަލްގައި ތިބެގެން ވޯކް އައުޓް ކުރަން ތައްޔާރަށް ތިބޭގަޑީ ވަރަށް ހާސްވާނެހެން. މިއީ ގަބޫލުކުރަން ދަތި މުނާސަބަތެއް، ގަބޫލު ނުކުރެވޭ ވަރުގެ މުބާރާތެއް އަދި މިއީ ހަމަ އަހަރެމެން ތިބެން ބޭނުންވާ ތަން, ކެތެއް ނުކުރެވޭނެ އަވަހަށް މެޗުން މޮޅުވެ ތަށި އުފުލާލަން." އަލީސިއާ ރޫސޯ މީޑިޔާތަކަށް ވާހަކަ ދަށްކަމުން ބުންޔެވެ.

ފާއިތުވި މަދު ގަޑިއިރުތަކެއް ވަންދެން ސަޕޯޓަރުން، މެޗު ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގެ ބޭރުގައި އެއްވެ މީހުންގިނަވަމުން އެބަ އާދެއެވެ. މެޗު ފަށްޓާއިރު އެތެރޭގައި 75،000 އަށް ވުރެ ގިނަ މީހުން ތިބޭނެއެވެ. އިންގްލެންޑްގެ ސަޕޯޓަރުންގެ ތެރެއިން ކުޑަކުދިންނާއި މުސްކުޅިން އެއްވެ އެމީހުން ދުނިޔެ ފަތަހަކޮށް މި މެޗުން މޮޅުވުމުގެ އުންމީދުގައި ތިބުމުން އަފާވެރި މާހައުލެއް އުފެދިފައިވެއެވެ.

އިންގްލެންޑުގެ ފިރިހެން ގައުމީ ފުޓުބޯޅަ ޓީމުގެ ގިން ކުޅުންތެރިންވެސް ވަނީ ޓިމަށް ހިއްވަރުދިމުގެ ބަސްތަކެއް ބުނެފައެވެ.

ހެރީ ކޭން: "ވޯލްޑް ކަޕްގެ ފައިނަލަށް ބެސްޓް އޮފް ލަކް. އަހަރެން ބަލަން ހުންނާނަން. ޓީމުގެ ކުޅުންތެރިން އަމިއްލައަށް ވަރަށް ފަޚުރުވެރިވާން ޖެހޭނެ. އެހެންވީމަ ގޮސް އެ ވޯލްޑް ކަޕުން މޮޅު ހޯދައިގެން އެ ތަށި ގެއަށް ގެންނަން އެންމެންވެސް ވަރަށް މަސައްކަތްކުރަންވާނެ."

އާރޮން ރަމްސްޑޭލް: " ވޯލްޑްކަޕް ފައިނަލަށް ދިއުމުން މަރުހަބާ ކިޔަން. ހުރިހާ ކަމެއް ދީ، އިރާދަކުރެއްވިއްޔާ އިންގްލެންޑުގެ ޓީމު އަނބުރާ ގައުމަށް އަންނާނީ އޮސްޓްރޭލިއާ އިން އެ ތަށި ހިފައިގެން".

މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗަކީ ވަރަށްވެސް ފޯރިގަދަ މެޗަކަށް ވެގެން ދާނެއެވެ. ސަބަބަކީ ސްޕެއިން އަދި އިންގްލެންޑަކީ އަބަދުވެސް ފޯރިގަދަ އަދި ކުޅުމަށް ވަރުގަދަ ދެޓީމަށް ވާތީއެވެ.