އެމެރިކާ އިން ގުދުސްގައި މިއަދު ހުޅުވި އެމްބަސީ ކައިރީގައި ހަމަނުޖެހުންތައް ހިންގަން ފަށައިފިއެވެ.

އެމްބަސީ ކައިރީގައި ހަމަނުޖެހުންތައް ހިންގަން ފެށީ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވާހަކަދައްކަމުން ދަނިކޮށެވެ.

އިސްރާއީލުގެ ސިފައިން މިހާރު ވަނީ ހަމަނުޖެހުންތައް ހިންގި ބައެއް ފަރާތްތައް ހައްޔަރުކޮށް އެމްބަސީއާ ވަރަށް ދުރަށް މީހުން ޖައްސާލާފައެވެ.

"ސްކައި ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްބަސީ ކައިރީގައި މުޒާހަރާ ކުރަމުންދަނީ އިސްރާއީލަށް ނިސްބަތްވާ އަރަބިންނެވެ. އޭގެތެރޭގައި އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ ފަސް މެމްބަރަކު ވެސް ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެއިތުރުން އެމްބަސީ ގުދުސްގައި ހުޅުވުމާ ދެކޮޅު ހެދުމުގެ ގޮތުން ފަލަސްތީނުގެ ގައްޒާގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ހަމަލާތައް ދެމުން އަންނައިރު މި ހަމަލާތަކުގައި މިހާތަނަށް 30 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ޝަހީދުކޮށްފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކޮށްފައިވަނީ އިސްރާއީލުގެ ވެރި ރަށަކީ ގުދުސް ކަމަށް ބަލައިގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިންމުމާ ގުޅިގެންނެވެ. އިސްރާއީލުގައި މީގެކުރިން އެމެރިކާގެ އެމްބަސީ ހުރީ އެގައުމުގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ ތެލް އަވީވްގައެވެ.

އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ޓްރަމްޕް ވެފައިވާ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވެންއިޓް

    ފަަލަސްތީނުގެ އިހްތިޖާޖާ އެކު އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކޮށްފިނަމަ ތިޔާއީ ނާށި އަންދަން އަނގުރު އަލިފާން ގަނޑެއްގެ ތެރެ އަށް އެމްބަސީ ލައިގެން އެމެރިކާ ހުރެގެން ހޫނެއް ނޫނޭ ބުނުން ފަދަ ކަމެއް ތަމެން ތިޔާ ކުރީ ތިޔާގެ އިމްޕެކްޓް ވަރަށް ބޮޑު ވާނެ ތިޔާއީ އަރަބި ލޭ މައިތިރި ނުކުރެވޭނެއޭ އެމެރިކާ އެމެރިކާ ޖެހޭނީ ސޮމާލިޔާ އަށް ބުޝްގެ ދުވަސް ވަރު އެރުމުން އެމެރިކާ އަށް ޖެހުނު ހާލު ޖެހިގެން ތިޔާ އެމްބަސީ ގުދުސް އިން އެހެން ތަނަކަށް ބަދަލު ކުރަންއޭ ފެންނާނެއޭ މިކަން އެމެރިކާ އަށް. ވެން އިޓް ކަމްސް ޓު ދިސް ސްޓޭޖް ޑޯން ސޭ އޯނޯ އޯނޯ އޯނޯ އޯނޯ ޑާންސް ޑާންސް ޑާންސް ޑާންސް...