އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ސިފައިން މިއަދު އެއްވެސް ހަތިޔާރެއް ނެތް ފަލަސްތީންގެ ރައްޔިތުންގެ ގަޔަށް ބަޑިޖަހާ 52 މީހުން ޝަހީދުކޮށްލާ ދެހާހަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލި ގަތުލްއާންމަށް އެމެރިކާ އިން ފާޅުގައި ތާއިދުކޮށްފިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު "ވައިޓް ހައުސް" އިން ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާ ސަރުކާރުގެ ތަރުޖަމާން ބުނީ އިސްރާއީލްގެ އަމަލަކީ އަމިއްލަ ދިފާޢުގައި ހިންގި އަމަލެއް ކަމަށެވެ. މުޒާހަރާ ކުރާ މީހުންނަށް ހަމަލާ ދިނުމަކީ އިސްރާއީލްގެ ޙައްޤެއް ކަމަށް އެމެރިކާ ސަރުކާރުގެ ތަރުޖަމާން ބުންޏެވެ.

މިއީ ފަހަކަށް އައިސް އިސްރާއީލް އިން ފަލަސްތީންގެ އެންމެ ގިނަ އަދަދެއްގެ މީހުން ޝަހީދުކޮށްލި ދުވަހެވެ.

މިއަދު އިސްރާއީލް ސިފައިންގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައި ވާއިރު ބައެއް ގައުމުތަކުންނާއި ބައެއް ޖަމިއްޔާތަކުން ގެންދަނީ އިސްރާއީލްގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.

ފަލަސްތީންގެ އެތައް ބަޔަކު ޝަހީދުކޮށް އެތައް ބަޔަކު ޒަހަމް ކޮށްލުމުން ކުވައިތުން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައެވެ. އެބައްދަލުވުން ބޭއްވި ނަމަވެސް އެމެރިކާ އިން އިސްރާއީލްގެ އަނިޔާވެރިކަން ދިފާޢު ކުރާނެތީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ވެގެންދާނީ އެއްވެސް މާނައެއް ނެތް "ބޭކާރު ބާއްދަލުވުމަކަށް" ކަން ޔަގީނެވެ.

އިސްރާއީލާއި ދެކޮޅަށް ޤަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރަން އެމެރިކާ ފުރުސަތެއް ނުދޭނެއެވެ. އަދި އެންމެ ކުޑަމިނުން އިސްރާއީލާއި ދެކޮޅަށް ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރެން ވެސް އެމެރިކާ އިން ފުރުސަތެއް ނުދޭނެއެވެ. އެހެންކަމުން މިއީ އެއްވެސް މާނައެއް ނެތް ހުސް ވާހަކަތަކެއް ދެކެވުން ފިޔަވައި އިތުރު ކަމެއް ހާސިލް ނުވާނެ ބައްދަލުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓްރަންޕް

    އެކަމަކު މި ޤައުމުގަ މުޒާހަރާކުރާ ކުދިން ޖަލަށް ލީމަ އެމެރިކާ ކަންބޮޑުވޭ. ޢާނ، އެނގިއްޖެ. މަރާނުލާތީ ދޯ؟

  2. ބުލޫ

    ތީއެއް ފޮތަކުން ކިޔަވައިގެން ތިބިބައެއް.އެމެރިކާއިން ގެންގުޅޭ ބޮޑާހާކާ ބަސްނާހާ ބޯހަރުދަރިފުޅު (އިޒްރޭލް )ބުނާ ހުރިހާ ކަމެއް ކުރާނެ.އެހެންނޫނީ އެމެރިކާގެ ވަސްވެސް ފޮހެލާކަށް އެނުކިޔަމަންތެރި ދަރިފުޅު ޖެހިލުމެއް ނުވާނެ.އެދަރިފުޅު ކޮންމެ ނުބައިކަމެއް ކުރިޔަސް އެމެރިކާއަށް ދޮންފުތުވާނެ.މީދެން އެންމެން ދަންނަ ބޮޑު ސިއްރެއް..

  3. ުތުންފުހި

    މި ޤައުމުގަ މުޒާހަރާކުރާ މީހަކު ހައްޔަރު ކުރިޔަސް އެމެރިކާ ކަންބޮޑުވާވަރުން ހީވަނީ ރޯމަހެއް ތެޅޭހެން...