އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިމީހާ މެލީނާ ޓްރަމްޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މެލީނާ އެޑްމިޓްކޮށްފައި ވަނީ ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައެވެ. އެނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ކިޑްނީގެ ބައްޔަކަށް ފަރުވާ ހޯދާށެވެ.

މެލާނިއާ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށް ފަހު ކުރިއަށް ގެންދިޔަ ޕްރޮސީޖާ ކާމިޔާބު ކަމަށް ވެސް ތަރުޖަމާނުން ބުނެއެވެ.

ޓްރަމްޕް ވަނީ އަނބިމީހާ ކައިރިއަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރުމަށް ފަހު ޓްވީޓެއް ކޮށްފައެވެ. ޓްރަމްޕް ބުނީ މެލާނިއާގެ ހާލު ރަނގަޅު ކަމަށާއި ހެޔޮ އެދުމުގެ މެސެޖްތައް ކުރަމުން ގެންދާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

"ސީއެންއެން" އިން ބުނީ އުމުރުން 48 އަހަރުގެ މެލާނިއާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ކުރިއަށް ގެންދިޔައީ ސީރިއަސް ޕްރޮސީޖާއެއް ކަމަށެވެ. މިއީ 1987 ވަނަ އަހަރު އެމެރިކާގެ އޭރުގެ ފަަސްޓް ލޭޑީ ނޭންސީ ރޭގަން އަށް ފަހު ފަސްޓް ލޭޑީއަކު މިފަދަ ސީރިއަސް ސިއްހީ މައްސަލައަކަށް ފަރުވާ ހޯދި ފުރަތަމަ ފަހަރު ކަމަށް ވެސް "ސީއެންއެން" އިން ބުނެއެވެ.

ޓްރަމްޕް އަށް ވެރިކަން ލިބުނު ފަހުން ވެސް މެލާނިއާ ހަމަަސް ދުވަސް ވަންދެން ވައިޓް ހައުސް އަށް ދިރިއުޅުން ބަދަލުނުކޮށް ނިއުޔޯކްގައި ދިރިއުޅުނެވެ. އެއީ އެންމެ ހަގު ދަރިފުޅު ބެރޮންގެ ޕްރައިމަރީ ސްކޫލް ނިއުޔޯކްގައި ނިންމުމަށްޓަކައެވެ.

މެލާނިއާ އެންމެ ފަހުން އާންމުތަނަކުން ފެނުނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަލި ބޮޑުކުރައްވާދޭވެ!

  2. ޢަލީ ހަމީދު

    ﷲސވތއާލާގެ ހެޔޮރަހުމަތް މިނުބައި މީހުންނައް ނުލައްވާންދެއެވެ..އާމީން

    • އަޅުގަނޑު

      ޔާﷲ.. أستغفرﷲ..
      އެ އަންހެންމީހާ އަށްވެސް ބަދު ދުޢާ ކުރަން ޖެހޭނެތަ؟

  3. ނުބާމަރަކުން މަރުގަންނަވާށި

  4. ހަމްދު ހުރި