ކޮވިޑް-19 އަށް ފައްސިވި އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބާލުސްކޯނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބާލުސްކޯނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ އޭނާގެ ގައިގެ އާދައިގެ އާލާމާތްތައް ފެންނަން ފެށުމުންނެވެ. އޭނާ ބުރާސްފަތި ދުވަހުގެރޭ އެޑްމިޓް ކުރިއިރު، ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް އަދި ނުހިނގާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޓަލީގެ ބޮޑު ވަޒީރުކަން ހަތަރު ދައުރުކޮށްފައިވާ، އަދި ދުނިޔޭގެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބާލުސްކޯނީގެ މިލްކުގައި 5.9 ބިލިއަން ޑޮލަރު ހުރި ކަމަށްވެއެވެ. ބާލުސްކޯނީ އަކީ މީޑިއާގެ ދާއިރާގެ ވިޔަފާރި ވެރިއެކެވެ.

އުމުރުން 83 އަހަރުގެ ބާލުސްކޯނީއާ އެކު އޭނާގެ ދެ ކުދިން ވެސް ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

ބާލުސްކޯނީ އަށް ފަރުވާދެމުން އަންނަނީ މިލާންގައި ހުންނަ ސަން ރަފައެލޭ ހޮސްޕިޓަލްގައި ހުންނަ އައިސޮލޭޝަން ވޯޑުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބާލުސްކޯނީގެ 30 އަހަރުގެ ލޯބިވެރިޔާ މާޓާ ފަސްސިނާ ވަނީ ފައްސިވެފައެވެ. އިޓަލީގެ މެމްބަރުކަން ވެސް ކުރެއްވި ފަސްސިނާ މިވަގުތު ހުންނެވީ ބާލުސްކޯނީއާ އެކީގައި ސެލްފް އައިސޮލޭޝަންގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    އަޅުގަނޑުމެންގެ ކުރީގެ ރައީސް ވެސް އޮންނެވީ ހަމަ ކޮވިޑް-19 ގެ އާލާސްކަންފުޅުގައި އެޑްމިޓް ކޮށްފައި. ދެބޭފުޅުންގެ ޢުމުރާއި އަދިވެސް ވަރަށްގިނަ އެއްގޮތް ކަންތައްތަކެއް އެބަހުރި. އެކަމަކު ކާފަ ދަރިއެއްގެ އުމުރުގެ ލޯބިވެރިއަކު މިކޮޅުގައެއް ނެތް.