އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އެޤައުމުން ފޮނުވާލުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް ބުދަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އިރާގުގައި ހަރަކާތްތެރިވާ ސިފައިންގެ ތެރެއިން މިއަހަރު އެކަނިވެސް ތިންބައިކުޅަ އެއްބައި ސިފައިން އަނބުރާ ޤައުމަށް ގެންދާނެ ކަމަށެވެ. މިގޮތުން މިހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދެހާހެއްހައި ސިފައިން ޤައުމަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެމެރިކާ އަސްކަރިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ.
އެމެރިކާއިން އިރާގަށް ފަސްހާހަށްވުރެ ގިނަ ސިފައިން ފޮނުވާފައިވާއިރު، އެޤައުމުގައި އެމެރިކާ ސިފައިން ހަރަކާތްތެރިވަނީ ނިރުބަވެރި ޖަމާޢަތްތަކާއި ދެކޮޅަށް އިރާގުގެ އަސްކަރިއްޔާ އާއި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް އެމެރިކާއިން ބުނެއެވެ. މިގޮތުން ފާއިތުވެދިޔަ އަހަރުތަކުގައި ދެޤައުމުގެ ސިފައިން ގުޅިގެން ނިރުބަވެރިންގެ މައްޗަށް ބޮޑެތި ކާމިޔާބުތަކެއް ހޯދިފައިވާ ކަމަށް ވެސް އެމެރިކާއިން ވަނީ ބުނެފައެވެ.
އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ނޫސްތަކުގައި ބުނެފައިވާ ގޮތުން އިރާގުން އެމެރިކާގެ ސިފައިން މަދުކުރުމަށް ނިންމާފައިވަނީ އިރާގު އަސްކަރިއްޔާއަށްވެސް މިހާރު އަމިއްލައަށް ނިރުބަވެރިންނާއި ދެކޮޅަށް މަސައްކަތް ކުރެވޭނެ ޤާބިލްކަން ލިބިފައިވުމުން ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި ވެސް އެމެރިކާގެ އެހީތެރިކަން އިރާގުގެ އަސްކަރިއްޔާއަށް ލިބެމުންދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
އެހެން ޤައުމުތަކުގައި ނިމުމެއްނެތް ހަނގުރާމަތަކުގައި ބައިވެރިވަމުންދާ އެމެރިކާ ސިފައިން އަނބުރާ ޤައުމަށް ގެންދިއުމަކީ އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވަޢުދެކެވެ. މިގޮތުން އިރާގުގެ އިތުރުން އަފްޣާނިސްތާނާއި ސިރިޔާއިންވެސް އެމެރިކާ ސިފައިން މަދު ކުރުމަށް ހަމަޖެހިފައި ވެއެވެ.
އިރާގުން އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ބޭލުމަށް ނިންމާފައި މިވަނީ، އެޤައުމުން ބޭރުގެ ސިފައިން މަދު ކުރުމަށް ޤާނޫނު ހަދާ މަޖިލީހުން މިއަހަރުގެ ކުރީކޮޅު ނިންމާފައި ވަނިކޮށެވެ.
އާނ ދެން އެހެންތާވާނީ ޑަބުލިއުއެމްޑީ އަތުލެވުނީމަ އެތާ ތިބުމުގެ މާބޮޑު ބޭނުމެއް ނޯންނާނެތާ.
ތީ އެތާގައި ތިބެންނުކެރިގެން...ކުރިކަމެއް ކޮންލަޑުދަނޑި އެއް ކަލޭމެންނަށް ހާސިލުވީ؟ އައިއެސް ބަލިކުރީ އީރާނާ ރަޝިއާ އިންކަލޭމެންނެއް
ނޫން...ކަލޭމެންގެ މައިއަމާޒަކީ އިރާގުން އީރާނުގެ ބާރު ކަނޑުވާލުން ކަލޭމެންނަށް އެކަމެއްނުވި..