އަވައްޓެރި ސްރީލަންކާއަށް، ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 18 ވާ ހުކުރު ދުވަސް ކަމުގައި އެޤައުމުން ކަނޑައަޅައިފިއެވެ.

މިކަން މިގޮތަށް ނިންމައި އިއުލާނުކޮށްފައިވަނި، "އޯލް ސިލޯން ޖަމިއްޔަތުން އުލާމާ" އިންނެވެ.

އެފަރާތުން ބުނެފައިވަނީ، ރަމަޟާން މަހުގެ ހަނދު ލަންކާގެ އެއްވެސް ސަރަޙައްދަކުން ފެނިފައިނުވާތީ، ޝަޢުބާން މަހުގެ 30 ވަނަ ދުވަހަކީ މިރޭ ކަމަށެވެ.

ލަންކާއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސްކަމުގައި ކަނޑައަޅާފައިވާއިރު، ދުނިޔޭގެ ބޮޑެތި މުސްލިމް ގިނަ ޤައުމުތަކަށް މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ.

ހަމަ އެހެންމެ ރާއްޖޭގައި މިއަދަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ރޭ ކަނޑައަޅާފައިވާއިރު، ރަމަޟާން މަހުގެ ހަނދާ ބެހޭ ގަރާރުގައި ވިދާޅުވެފައި ވަނީ މިއަދަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އިއްޔެގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ އާއި އިސްލާމީ ބައެއް ގައުމުތަކަށް ރޭ ހަނދު ސާބިތުވެފައިވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރޯދަ

    ރޭގަ ހަނދު ފެނުނު ގައުމެއް ބުނެދީބަލަ

    • Anonymous

      ތުރުކީ

  2. މޫސާ

    މިއަދު އިރު އޮށްސުނު އިރު ހަނދު އިނީ 2 ވަނަ ދުވަހުގެ ހަނދު އިންނަ ހިސާބު ގައި. ޢެހެންވީމާ މިރެއަކީ 2 ވަނަރޭ!

  3. ޙަސަން

    ޝަޢުބާން މަހުގެ 30 ވަނަ ދުވަހަކީ މާދަމާރެޔޭ؟ މާދަމާރެއަކީ ހުކުރުވިލޭރެއެއް ނޫންތަ؟ ދެން ކިހިނެއް ހުކުރުދުވަސް މުލަރޯދަ ދުވަހަށްވީ؟ ދުވަސް ކިޔާގޮތް ފުރަތަމަ ދަސްކުރަންވީނު. މިއުޅެނީ ނޫސްވެރިންނޯ. ތަނެއްދޮރެއް އެނގެނީކީ ނޫން.

  4. ޅ

    ޢިސްލާމީ ކޮން ގައުމެއްގައި ތަ މިއަދު ރޯދަ މަހުގައި ހިފަންީ

  5. ކައުންސެލަރު

    ލަންކާމީހުން ރޯދައިގެ ފުރަތަމަދުވަސް ހަދަންވީނު ޖޫންމަހުގެ 14 ނޫނީ 15 އަށް.....
    ކަލޯމެންނަށް ހަނދު ނުފެންނަނިސް ހަމަ ގަބޫލެއް ނުކުރާނުދޯ. އަޖައިބު

  6. ހުސޭނުބޭ

    ލަންކާއަށް ޝަޢުބާން މަހުގެ 31 ދުވަސް ހަމަވީދޯ!

  7. ބަންގޫ

    ބަންގްލަދޭޝް ގަ ވެސް ހުކުރު ދުވަސް ރަމްޟާން 1 ?

  8. ނުރަބޯ

    ދެން ތިހެންވީރު ޝަޢުބާން މަސް 31ދުވަސް ލަންކާއަށް ހަމަވާނެ. ހިޖްރީ މަހަކު 31ދުވަހެއް ނޯންނާނެ.