ބެލަރުސްގެ ރައީސް އެލެގްޒެންޑްރާ ލުކާޝެންކޯ އާއި ދެކޮޅަށް އެޤައުމުގައި ކުރަމުންދާ ވަރުގަދަ މުޒާހަރާގެ ތެރެއިން 500 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި ކަމަށް އެޤައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ.
ލުކާޝެންކޯ އާއި ދެކޮޅަށް ބެލަރުސްގެ އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން ދަނީ ދާދިފަހުން އެޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ބުނެއެވެ. މި މުޒާހަރާތައް ކުރިޔަށްދާތާ މިހާރު އެތައް ދުވަހެއް ވެފައި ވާއިރު، މީގެ ކުރިންވެސް މުޒާހަރާއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައި ވެއެވެ.
ލުކާޝެންކޯ ހަވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތް އިރު، އެމަނިކުފާނު ވަނީ ރައީސްކަމުގެ ހުވާކުރައްވާފައެވެ. ނަމަވެސް ހުވާކުރުމުގެ އެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައި ވަނީ ވެސް ސިއްރު ރަސްމިއްޔާތެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން އިންތިޚާބު އޮޅުވާލާފައިވާ ކަމަށްބުނެ ކުރެވުނު ތުހުމަތުތަކުގެ އަޑު ވަނީ އިތުރަށް ގަދަވެފައެވެ.
ލުކާޝެންކޯ މަޤާމުގެ ހުވާކުރެއްވިކަން ވެސް ގިނަ ބަޔަކަށް އެނގުނީ، ހުވާކުރެއްވި ފަހުންނެވެ. މިކަމާއި ގުޅިގެން ބެލަރުސްގެ އެތައް ހާސް އާންމު ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ މުޒާހަރާގައި ބައިވެރިވެފައެވެ. އަދި މުޒާހަރާތައް ހޫނުވެ، ބައެއް މީހުން ވަނީ ސަލާމަތީ ބާރުތަކާއި ކުރިމަތިލާފައެވެ.
ރިޕޯޓްތައް ބުނާގޮތުން މުޒާހަރާގެ ބައިވެރިން ދަނީ ފުލުހުންނާއި ކުރިމަތިލައި ތަކެއްޗާއި ތަންތަނަށްވެސް ގެއްލުން ދެމުންނެވެ. މި މުޒާހަރާތަކާއި ގުޅިގެން ބެލަރޫސްގެ އިދާރާތަކުން ބުނެފައިވަނީ މިއީ ޤާނޫނާއި ޚިލާފު އެއްވުމެއް ކަމަށާއި، އެއްވުމުގައި ބައިވެރިވާ މީހުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ލުކާޝެންކޯ ވިދާޅުވެފައި ވަނީ ބެލަރުސް ގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކަކީ އެޤައުމުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް ބޭރުގެ އެހީއާއެކު ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ މުޒާހަރާގެ ބައިވެރިންނަށް ލުކާޝެންކޯ ވަނީ އިންޒާރު ދެއްވާފައެވެ.
ބެލަރޫސްގެ ރިޔާސީ އިންތިޚާބުން ލުކާޝެންކޯ ކާމިޔާބު ހޯއްދަވާފައި ވަނީ 80 އިންސައްތަ ވޯޓުންނެވެ. ނަމަވެސް މި އިންތިޚާބުގެ ކުރިން ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓަލުން ލުކާޝެންކޯގެ މައްޗަށް އިދިކޮޅު ކެންޓިޑޭޓް ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.
ބެލަރުސްގެ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިޔަށް ދިޔަ ގޮތާއި މެދު ހުޅަނގުގެ ބައެއް ޤައުމުތަކައި އީޔޫފަދަ ޖަމާޢަތްތަކުން ވެސް ވަނީ ސުވާލު އުފައްދާފައެވެ.
2018 ވަނައަހަރު ދިވެހިރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ވަނީ އެލްކްޝަންސްގެ ތެރެއިން ބޮޑުތަނުން އޮޅުވާލާފައެވެ. އޭގެއެންމެ ވަރުގަދަ ތިން ހެކި މިއޮތީއެވެ.
1. ވޯޓުގެ ވަކި ހިސާބަކުން ކޮމްޕްލައިންސް ބިއުރޯތައް ބަންދުކޮށް ފޯނު ކަނޑައިލުން
2. ކޯޓަށް ނުވަތަ ޕޮލިހަށް މައްސަލަލުމާއެކު ވޯޓުތަކާއެކު އެންމެހައި ލިޔެކިޔުންތައް އަންދާލުން
3. އެލެކްޝަންގެ ރައީސް އަދި ދެނައިބުން ސިޔާސީ ކޮމެންޓްތައްކުރަން ފަށާ ފާޅުގައި ޔާމީނަށް ނިސްބަތްކޮށް ބަސްބުނަންފެށުން
މިކަމުގެ ސަބަބުން ރައްޔިތުން ނުނިކުތަސް ﷲތަޢާލާ މިކަން އެބަ ދައްކަވައެވެ.