ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އިރާނުން ރެކޯޑު އަދަދަކަށް މީހުން ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

އެގައުމުން މި ބަލި ޖެހިގެން އިތުރު 8،293 މީހަކު ފައްސިވެފައިވާއިރު، އިއްޔެވެސް އެގައުމުން މި ބަލި ޖެހިގެން 6،824 މީހަކު ވަނީ ފައްސިވެފައެވެ. އަދި އޭގެ ކުރީ ދުވަހު 6،968 މީހަކު ވަނީ ފައްސިވެފައެވެ.

ބަލި ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން 14 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އިރާނުންނެވެ. އެގައުމުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 596،941 އަށް އަރާފައެވެ.

ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދަކަށް ކޮވިޑް-19 ފެތުރިފައިވާއިރު، އިރާނަކީ މިހާތަނަށް 14 ވަނަ އަށް މި ބަލި ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާ ގައުމެވެ. މީގެ ކުރިން އީރާން ބެލެވިފައި އޮތީ ކޮވިޑް-19 ފެތުރިއްޖެ ނަމަ ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެން ހިނގައިދާނެ ގައުމުގެ ގޮތުގައެވެ. ނަމަވެސް މިވަގުތު އީރާނަށް ވުރެ އެމެރިކާގެ ހާލު ދެރައެވެ. އެމެރިކާއަކީ މިހާތަނަށް ދުނިޔެއިން އެންމެ ގިނަ މީހުން ފައްސިވެ، މަރުވެފައިވާ ގައުމެވެ.

އިރާނުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 472،598 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 90،230 މީހަކަށެވެ. އޭގެ ތެރެއިންވެސް 5،055 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ރަނގަޅު

  2. މަހުދީ

    ރަނގަޅު