ތުރުކީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުން މި ބިންހެލުން އައިސްފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. މި ބިންހެލުންވެސް އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައެވެ.

މި ބިންހެލުން އައިސްފައިވަނީ ތުރުކީ އާއި ގްރީސް އާއި ދެމެދުގައި އޮންނަ އޭގަން ސީ އަށެވެ. ތުރުކީގެ އައްސޭރިން 17 ކިލޯމީޓަރު ދުރު ސަރަޙައްދަކަށް މި ބިންހެލުން އައިއިރު، މި ބިންހެލުން އައީ ކަނޑުގެ 16 ކިލޯމީޓަރު އަޑިން ކަމަށް ބިންހެލުންތައް މޮނިޓާކުރާ އިދާރާތަކުން ބުނެއެވެ.

ތުުރުކީގެ ޑިޒާސްޓަރ އެންޑް އެމާޖެންސީ މެނޭޖްމެންޓް ޕްރެޒިޑެންސީން ބުނީ، މި ބިންހެލުން އައިސްފައި ވަނީ އައިޖިއަން ކަނޑުގެ 16.5 ކިލޯ މީޓަރު އަޑިއަށް ކަަމަށެވެ.

މި ބިންހެލުމުގެ އަސަރު ތުރުކީގެ ތިން ވަނަށް އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އިޒްމިރް ސިޓީއަށް ވަނީ ކޮށްފައެވެ. މި ބިންހެލުމާއި ގުޅިގެން ބައެއް އިމާރާތްތައް ވެއްޓިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ސީއެންއެން ރިޕޯޓްކޮށްފައިވާ ގޮތުން ވެއްޓުނު އިމާރާތްތަކުގެ އަދަދު ވަނީ 20 އަށް އަރާފައެެވެ. އަދި އިމާރާތްތަކުގެ ދަށުވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި، މި ބިންހެލުންވެސް އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 7.0 ގެ ބާރުމިނުގައެވެ.

މި ބިންހެލުމުގެ އަސަރު ގްރީކްގެ ރަށްތަކަށް ކޮށްފައި ވެއެވެ. ގްރީކްގެ މީޑިއާތަކުން ބުނީ، މި ބިންހެލުމައި ގުޅިގެން ސަމޯސް އާއި އެހެން ކައިރި ރަށްތަކުގެ ރައްޔިތުން ގެތަކަށް ވަދެ ފިލާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް މީހަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަދިވެސް ކުދި ކުދި ބިންހެލުންތަ އް މިތަނަށް އެބަ އާދޭ.

    10
    1
  2. ޚަލްމް

    ފްރާންސް ވަރަށް އުފާ ވާނެ...

  3. ތުރުކީ

    ވަރަށް ދެރަވޭ އިސްލާމީ ވަރުގަދަ ބާރަކަށް ތިހެންދިމާވީތީ..ތުރުކީ އަކީ އަބަދުވެސް މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމަށް ފާޑުކިޔާ އިންޒާރު
    ދޭ ސުންނީ ގަޥްމެއް...

    21
    2
  4. ޡަހުނަތު

    ވަރަށް ބިރުވެރި

    8
    1