ކޮވިޑް-19 ވެކްސިން އަންނަ ޑިސެމްބަރ މަހުގެ ތެރޭގައި ލިބޭނެ ކަމަށާއި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ މިހާރު މިއޮތް ހާލަތުން އަރައިގަނެ ކުރިން އޮތް އާއްމު ހާލަތައް ރުޖޫއަ ވެވޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ކޮވިޑް-19 އަށް ޖަރުމަންވިލާތުގެ ބައޯއެންޓެކް އާއި އެމެރިކާގެ ފައިޒާ ގުޅިގެން ތަރައްޤީ ކުރި ވެކްސިން އުފެއްދުމުގައި އެންމެ އިސްކޮށް ހުރި މުސްލިމް ސައިންސްވެރިޔާ އުގޫރު ސާހީން ވިދާޅުވެއްޖެއެވެ.

"ފައިޒާ ވެކްސިންގެ" ނަމުގައި ބައިނަލްއަޤުވާމީ މީޑިއާތަކުގައި މުހާތަބު ކުރެވޭ ވެކްސިން އުފައްދަން ބޭނުންކުރި ޓެކްނޮލޮޖީ އަކީ މީގެ ދެތިން އަހަރެއް ކުރިން ސާހީން އާއި އޭނާގެ އަނބިކަނބަލުން އޮޒްލެމް ޓްރޫސީ ތަރައްޤީ ކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. ބައޯއެންޓެކް އަކީ ސާހީންގެ ދެމަފިރިން އުފައްދާފައިވާ އެދެކަނބަލުންގެ ކުންފުންޏެކެވެ.

އިނގިރޭސިވިލާތުގެ "ސްކައި ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ސާހީން މިއަދު ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުނު ނަމަވެސް ވެކްސިން ގިނަ ބަޔަކަށް ދެވުމުގެ ކުރިން މިހާރު މިއޮތް ހާލަތައް ވުރެ ދުނިޔޭގެ ހާލަތު ގޯސް ވެގެން ދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ. "ވެކްސިން ދެވެން ފަށާނެ ކަމަށް މިބަނީ ޑިސެމްބަރ މަހުގެ މެދުތެރޭގައި. ނަމަވެސް ވެކްސިން ދޭން ފަށާއިރަށް ކުއްލިއަކަށް ހުރިހާ ކަމެއް ރަނގަޅެއް ނުވާނެ. ފިނި މޫސުމުގައި ހާލަތު އިތުރަށް ގޯސް ވާނެ. ލަފާކުރެވެނީ ކުރިއަށް އޮތީ ވަރަށް ބާރަށް ބަލި ފެތުރިގެން ދާނެ ދުވަސްތަކެއް ކަމަށް." ސާހީން ވިދާޅުވިއެވެ.

ފައިޒާ އާއި ބައޯއެންޓެކް ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިންގެ ނަތީޖާ ހުރީ %90 ގައި ކަމަށް ތަހްލީލްތަކުން ވަނީ ދައްކާފައެވެ. ސާހީން ވިދާޅުވީ ވެކްސިންގެ ތަހްލީލްގައި މިހާތަނަށް ލިބިފައި ވަނީ ހައިރާން ވާވަރުގެ ރަނގަޅު ނަތީޖާއެއް ކަމަށެވެ. "އަޅުގަނޑުމެން އުއްމީދެއް ވެސް ނުކުރަން ވެކްސިންގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ މިންވަރު ހުންނާނީ %90 ގައި ކަމަކަށް. އަޅުގަނޑުމެން އުއްމީދު ކުރީ 60 ނުވަތަ 70 ނޫނީ އެންމެ މަތިވެގެން %80 ގައި ކަމަށް ހުންނާނީ." ސާހީން ވިދާޅުވިއެވެ.

ސާހީން ވިދާޅުވީ ވެކްސިންގެ ރައްކާތެރިކަން ސަރުކާރުގެ ރަސްމީ އިދާރާތަކުން ކަށަވަރު ކުރުމާއި އެކު ވެކްސިން ޖަހަން ފެށޭނެ ކަމަށެވެ. ވެކްސިން ޖަހަން ފެށި ނަމަވެސް އަދިވެސް ގައިދުރުކަން ބަހައްޓާ މާސްކް އެޅުން ފަދަ ކަންކަން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުނިޔެ އާއްމު ހާލަތަކަށް އަންނާނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މެދުތެރޭގައި. ވެކްސިނެއް ލިބޭއިރަށް ކުއްލިއަކަށް އާއްމު ހާލަތަކަށް ނުދެވޭނެ." ސާހީން ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ފައިޒާ އާއި ބައޯއެންޓެކް އިން އުފެއްދި ވެކްސިން ކާމިޔާބު ވުމާއިއެކު އެއީ ޔޫރަޕްގައި އެންމެ އަވަހަށް ހުއްދަ ދެވޭނެ ވެކްސިން ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ޗައިނާގެ ސިނޯވެކްގެ ވެކްސިން އަށް އޭގެ ކުރިން ހުއްދަ ދިނުމުގެ ފުރުސަތު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޅަބޭ

    އެއީ މުސްލިމުންނަމަ ކޮބާ ފިރިހެން މީހާގެ ތުނބުޅި؟ ކޮބާ އަންހެން މީހާގެ ބުރުގާ؟ މީހާޢައް ކިޔާ ނަމަކުން، ނޫނީ އުފަންވެފަވާ ގައުމަކުން، އެއީ މުސްލިމެކޭ ޔަހޫދީއެކޭ ނަސޯރާއެކޭ ކަންނާނީއެކޭ ވައްހާބީއެކޭ ބަދަވީއެކޭ ނުނިންމޭނެ.

    13
    63
    • އައި ބިލޯންގް ޓު މައި ކްރިއޭޓަރ

      މުސްލިމުންނަކީ ވަކި ރަށަކަށް، ވަކި ޤަބީލާއަކަށް، ވަކި ދައުލަތަކަށް، ވަކި ހަމުގެ ކުލައަކަށް ނިސްބަތްވާ ބައެއް ނޫން. މުސްލިމުން ނިސްބަތްވަނީ މާތް ﷲ އަށް އެކަނި. އަޅަމެންވަނީ ހަމައެކަނި ﷲ އަށެވެ. އަދި އަޅަމެން އެނބުރި ރުޖޫޢަވާނީވެސް ހަމަ އެކަލާނގެ ހަޞްރަތަށެވެ.

      37
      2
    • ޙުހ

      އާން.. ބޮޑު ސިންގާ ތުނބުޅި އެއް ލީމަ އެކަނި ދޯ މުސްލިމަކަށް ވެވެނީ؟ ބޯ ހަމަ ނުޖެހޭ ވާހަކަ ނުދައްކާ ކޮއްކޯ.

      36
      3
    • ޓޔ

      ޅަބޭ މެން ތަންކޮޅެއް ޅައީ އަދި.

      21
      2
    • ....

      މީ ވަރަށް ނުރައްކާތެރި ވާހަކަ އެއް.....ފިރިހެނުން ތުނބުޅި ދިގު ކުރުމާއި އަންހެނުން ގެ މުޅި ހަށިގަނޑު ނިވާ ކުރުން އެއީ އިސްލާމް ދީނުގައި ވާޖިބު ކަންކަން...އެކަން ކަން ނުކޮށްފިނަމަ ފާފަވެރިވާނެ ކަންކަން...ނަމަވެސް އެކަން ނުކުރުމަކުން އެމީހަކު ދީނުން ބޭރެއް ނުވާނެ...އެހެނަސް އެކަންކަން ނުކުރުން ހުއްދަކޮށްފިނަމަ ދީނުން ބޭރުވާނެ...ނި ދެ ވާޖިބު ނުކޮށް ދޫކޮށްލުމަކީ ބޮޑުފާފަ އެއް...މީހަކު ބޮޑު ފާފައެެއް ކުރުމުން އޭނާ އެއީ މުސްލިމެއް ނޫންކަމަށް ނިންމަނީ ހަވާރިޖުން...އަހުލު ސުންނަތު ވަލް ޖަމާއަތުގެ އަގީދާގައި މީހަކު ބޮޑުފާފައެއް ކުރުމަކުން ދީނެއް ބޭރެއް ނުވާނެ އޭނާ އެކަން ހުއްދަ ނުކުރާހާ ހިނދަކު....މި ތަނުގައި އެ ދެ ޑރ އިން ގެ ބޭރުފުށުން އެ ފެންނަ ދީނުގެ މި ދެ ވާޖިބު ދޫކޮށްލުމަކީ އެ ދެމީހުން އެއީ މުސްލިމުން ނޫން ކަމަށް ކަނޑައެޅިދާނެ ސަބަބެއް ނޫން...މީހުން ދީނުން ބޭރުކުރުމާއި މީހުންގެ މުދަލާއިލޭ ހުއްދަ ކޮށްގަތުމަކީ އެންމެ ބޮޑެތި އާލިމުންވެސް ވަރަށް ރަނގަޅަށް ބަލާ ސާފުކޮށްފަ ނޫނީ ނުނިންމާ ކަންކަން...އަދި އެކަން ކުރުމަށް އާލިމުން ފަސްޖެހި ވަޑައިންނަވާ...ވީ އިރު އަހަރެމެން ދީނުގެ މާ ހެޔޮ އިލްމެއްނެތި މިފަދައިން ގޮތް ނިންމަން އަވަސްވެ ގަތުމަކީ އަހަރެމެން ކުރަންވާވަރުގެ ކަމެއްތޯ ވިސްނާލައްވާ...އިސްލާމްދީން ބާރު އަޅަނީ މީސްތަކުން ދީނާ ދުރަށް ޖެއްސުމަކަށް ނޫންކަމާއި ދީނާއި މީސްތަކުން ގާތްކުރުމަށާއި ޖަހަންނަމައިން ސަލާމަތްކޮށް ޖަންނަތައް ވަދެވޭނޭ މަގު ދެއްކުމަށްކަން ތަފްސީލްކޮށް އަހަރެމެން އުނގެނި ދެނެގަންނަން އެބަ ޖެހޭ..

    • ގާދިރު އަރަފާތު

      މިކަހަލަ ގަމާރުން ގިނަވެގެން ގޮސް މި އުންމަތް ހަލާކުވީ.

      4
      1
  2. ދުވާރު

    ބަލަ ތިނޫނަސް ދެގައުމަކުން 2 ވެކްސިން ހަދާފަ ޓެސްޓުކޮށް ނިންމާފަ އާންމުކޮށް ޖަހަމުން އެދަނީ. ހުޅަނގުން ކުރާކަމެއްވީމަ ގަޑިއަކު އެއްފަހަރު ނޫހުގަ ޖަހައިގެން ހިލޭސާބަހަށް މާކެޓުކޮށްދެނީތަ.

    18
    2
  3. އަލީ

    ބަލަ ކޮހާ ތުނބުޅި އެއީ ލާޒިމް އެއްޗެކޭ ކިޔާފަ އޮތީ ކޮންތާކު.

    15
    1
  4. އަހުމަދު ޖަލީލް

    ތުނބުޅި ދިގު ނުކުރިޔަސް މޫނު ބުރުގާ އަދި ބުރުގާ ނޭޅިޔަސް، އެއީ ކާފަރުންނެކޭވެސް ނުބުނެވޭނެ. ތުނބުޅި ހުރޭ ސިކުންގެ ވެސް، ތުނބުޅިހުރޭ ޒަޔަނިސްޓުންގެވެސް. ބުރުގާ އަޅާ ކުރިސްޓިއަން ސިސްޓާއިންވެސް. އެއީ މުސްލިމުންނޭ ބުނަންވީތަ. އިސްލާމް ފެން އަޅާގެން ތިބެ ތުނބުޅި ނުލާ ބުރުގާ ނޭޅުން އެއީ ބޮޑު ފާފައެއް. އޭނަ ދީނުން ބޭރުވެ ކާފަރެކޭ ނުބުނެވޭނެ. ދިމާވެގެން އުޅޭ މައްސަލައަކީ މިއީ
    ދީނަށްޓަކައި ޖިހާދު ކުރަން އޯކޭ، ދީނަށްޓަކައި ގުރުބާންވާން އޯކޭ، ދީނުގެ ހައްގުގައި ނުކުންނަންވެސް ޢޯކޭ. އެކަމު ﷲ ގެ މާތް ނަބިއްޔާގެ ސުންނަތާއި ގުރުއާނުގައިވާ ގޮތަށްތޯ އަމަލުތައް ހުންނަނީ؟ މި ވާހަކަ މި ބުނީ އަޅުގަނޑުވެސް ހަމަ އިސްތިސްނާ ނުކޮށް

    22
    2
  5. ހަމީނާ

    ބަލަގަ ގަމާރުންނޭ.. ޗައިނާ އަދި ރަޝިޔާއިންނޭ ވެކްސީން ހޯދައި ފޯމިއުލޭޓު ކުރީ.. ތިއީ އެވެކްސިން ކޮޕީ ކުރިމީހުންނޭ..

    10
    5